twitterviber whatsapp telegramfacebookyoutube instagram
17th May 2024

ގައުމުގެ މަސްލަހަތު ގެއްލޭފަދަ ކަންކަން ސިޔާސީ ޕާޓީތަކުން ނުކުރަން އެދެފި

ޚަދީޖާ އާދަމް
Sep 5, 2020
1

ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ ކަންކަމަށް ސިޔާސީ ޕާޓީތަކުން އެއްބާރުލުން ނުދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް ރޭ ގޮވާލައްވައިފި އެވެ.

ޗެނަލް-13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި ވާހަކަ ދެއްކި މީހަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުން ދޭން ގޮވި މައްސަލައާ މީހަކު ކުރެއްވި ޓްވީޓަކަށް ރިޕްލައި ކުރައްވައި ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ ކަންކަމަށް އެއްގޮތަކަށް ވެސް ހިތްވަރު ނުދިނުމަށް ގޮވާލައްވާ ކަމަށެވެ.

ރައްޔިތުންގެ އަޑު"ގެ ނަމުގައި ބުރާސްފަތި ދުވަހު ޗެނަލް-13 އިން ގެނެސްދިން ޕްރޮގްރާމުގައި ވާހަކަ ދެއްކަމުން

"އަޅުގަނޑަށް ފެންނަނީ މިހާރުން މިހާރަށް ވެސް ވާހަކައަކީ އިބްރާހިމް މުހައްމަދު ސޯލިހުގެ ގައިގައި އަލިފާން ޖަހަން" ކަމަށް އެމީހާ ބުނެފައި ވެއެވެ.

ތ. ވިލުފުށްޓަށް ނިސްބަތްވާ އެމީހާ އެހެން ބުނެފައި ވަނީ މި ސަރުކާރުން އަމަލުކުރާ ގޮތާ ގުޅޭގޮތުން ޕްރޮގްރާމް ހުށަހަޅައިދޭން އިން ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

އެފަދަ ގޮވާލުމެއް ޗެނަލް-13 އިން ގެނެސް ދީފައިވާތީ އެ މައްސަލަ ބްރޮޑްކާސްޓިން ކޮމިޝަންސް އިން އަންނަނީ ބަލަމުންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓީވީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ބަލަން ފަށާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355