twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކޭލަކުނު ބޭރުގައި އަޅާފައި އޮތް ބާޖެއް ބާރުވަޔާއެކު ގެނެސް ކުޅުދުއްފުށި ތޮއްޓަށް!

އަބްދުލް ވާހިދު ޙަސަން
Sep 6, 2020
1

ރޭ މެންދަމު އައި ބާރުގަދަ ކޮޅިގަނޑުގައި ހދ ކޭލަކުނު ބޭރުގައި އަޅާފައި އޮތް ބޮޑު ބާޖެއްގެ ނަގިލި ކަހާލައިގެން އައިސް ކުޅުދުއްފުށި އާ ބަނދަރުގެ ތޮއްޓަށް އަރައިފި އެވެ.

ރޭ މެންދަމު ތިން ޖެހިއިރު ހިނގި މިހާދިސާގައި ތޮއްޓަށް އަރާފައިވަނީ އެމްޓީސީސީގެ "ކެތި" ނަމަކަށް ކިޔާ 3000 ޓަނުގެ ބޮޑު ބާޖެކެވެ.

ޓަގާއި ބާޖު އަޅާފައި އޮތީ ކޭލަކުނު ބޭރުން، އާންމުކޮށް އެފަދަ އުޅަނދުފަހަރު ނަގިލި ލާ ސަރަހައްދު ކަމަށާ ކޮޅިގަނޑު އައިއިރު އެންމެ ތިބީ ނިދާފައިކަމަށް ކެޕްޓަން ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ ކޮޅިގަނޑާއެކު ބާޖުގެ ނަގަލި ކަހަމުންގެންދިޔައީ ވަރަށް ބާރަށް ކަމަށާއި ބާޖަށް މީހަކު އަރުވައިގެން ރަނގަޅުކުރާނެ ފުރުސަތެއް އަދި އެ ހާލަތެއްވެސް އެވަގުތު ނެތް ކަމަށެވެ.

އޭރު އުޅުނީ ޓަގްބޯޓް ސަލާމަތްކުރެވޭތޯ ކަމަށާ ލަފާކުރެވޭގޮތުގައި އޭރު 60 މޭލަށްވުރެ ބާރަށް ވައިޖެހުނު ކަމަށް ލަތީފް ވިދާޅުވި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވެ އެވެ.

ބާޖު އަރާފައިވަނީ ކުޅުދުއްފުށީގައި އެމްޓީސީސީން ހަދަމުންދާ އާ ބަނދަރުގެ ނެރުގެ ދެކުނު ތޮއްޓަށެވެ. މި ބާޖަކީ ނެއްލައިދޫ އަށާއި ށ ކޮމަންޑޫގައި ހިލަ ހިފައިގެން އައިސް ހުސްކުރުމަށްފަހު އެނބުރި ދިޔުމަށް ތައްޔާރުވެފައިވާ ބާޖެކެވެ.

މޫސުމާ ބެހޭ އިދާރާއިން ރޭ ދަންވަރުން ފެށިގެން ހެނދުނު 6 އަކާހަމައަށް ވަނީ ހއ އަތޮޅުން ފެށިގެން ތ އަތޮޅާހަމައަށް އޮރެންޖް އެލާޓް ނެރެފައި އެވެ. ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި 63 މޭލަށް ވައިގަދަވެ ކަނޑުގަދަވާނެ ކަމަށް ވަނީ މެޓުން ލަފާކޮށްފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355