twitterviber whatsapp telegramfacebookyoutube instagram
7th February 2026

ހއ އަތޮޅުން ތ އަތޮޅަށް ޔެލޯ އެލާޓު ނެރެފި

ޚަދީޖާ އާދަމް
Sep 6, 2020

މިހާރު ކުރަމުން މިދާ ވިއްސާރާގައި 55 މޭލަށް ވައިގަދަ ވާނެކަމަށް ލަފާކޮށް މެޓު އޮފީހުން ޔެލޯ އެލާޓު ނެރެފި އެވެ.

މެޓު އޮފީހުން ޔެލޯ އެލާޓު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ށ އަތޮޅަށް މިއަދު މެންދުރު ފަހު 1:00 ން ހަވީރު 5:00 ށެވެ.

މެޓު އޮފީހުން ލަފާ ކުރާގޮތުގައި ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެއެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށާއި ރާޅު އުސްމިނުގައި 9-6 ފޫޓް ހުންނާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 55 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355