twitterviber whatsapp telegramfacebookyoutube instagram
20th March 2026

ރައީސްގެ ހަށިކޮޅަށް ގެއްލުން ދޭން ބުނި މީހާ ހައްޔަރުކޮށްފި

ޚަދީޖާ އާދަމް
Sep 6, 2020

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުންދޭން ޗެނަލް13 ގެ ލައިވް ޕްރޮގްރާމެއްގައި ގޮވާލި މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު 47 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމީހާ ރައީސަށް ގެއްލުން ދިނުމަށް ގޮވާލާފައިވަނީ ޗެނަލް13 އިން ގެނެސްދިން "ރައްޔިތުންގެ އަޑު" ކިޔާ ލައިވް ޕްރޮގްރާމަކަށް ފޯނުން ގުޅައި ވާހަކަދައްކަމުންނެވެ.

އެނގފައިވާ ގޮތުގައި މި ޕްރޮގްރާމެއްގައި ރައީސްގެ ހަށިކޮޅަށް ގެއްލުން ދޭން ބުނި މީހާ އަކީ ތ. ވިލުފުށީ މީހެކެވެ.

ފުލުހުނާއި ބްރޯޑްކާސްޓިން ކޮމިޝަނުން އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ އިރު މި މައްސަލައާއި ގުޅިގެން ފާޑުކިޔުންތަކާ އަމާޒު ވުމުން ޗެނަލް13 އިން ވަނީ މައާފަށް އެދިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355