twitterviber whatsapp telegramfacebookyoutube instagram
16th September 2026

މިނިމަމް ވޭޖުގެ ދާއިރާތައް ކަނޑައަޅައި އިސްލާހު ފާސްކޮށްފި

Sep 6, 2020

2021 ވަނަ އަހަރު ނިމުމުގެ ކުރިން މިނިމަމް ވޭޖު ތަންފީޒު ކުރަން ޖެހޭގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ.

މިނިމަމް ވޭޖް ކަނޑައަޅަން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އެވެ.

ބިލު ހުށަހެޅި އިރު ހަތް ސިނާއަތަކަށް ވަކިވަކިން އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައަޅަން ހިމަނާފައިވީ ނަމަވެސް މިހާރު ވަނީ ނުވަ ސިނާއަތަކަށް އިތުރުކޮށްފަ އެވެ.

އޭގެތެރޭގައި ހިމެނެނީ މަސްވެރިކަމާއި ދަނޑުވެރި ކަމުގެ ސިނާއަތް، ފަތުރުވެރިކަމުގެ ސިނާއަތް، ކޮންސްޓްރަކްޝަން މަސައްކަތުގެ ސިނާއަތް، ދަތުރުފަތުރުގެ ސިނާއަތް، ސިއްހީ ދާއިރާ، ތައުލީމީ ސިނާއަތް، ކުދި އަދި މެދުފަންތީގެ ސިނާއަތުގެ އިތުރުން އިންފޮމޭޝަން އަދި ޓެކްނޮލޮޖީގެ ސިނާއަތާއި މެރިޓައިމްގެ ސިނާއަތެވެ.

އެ ބިލު އިޖުތިމާއީ އަދި އިގްތިސާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ 55 މެމްބަރުންގެ ވޯޓާ އެކު އެވެ.

އެ ބިލު އިޖުތިމާއީ އަދި އިގްތިސާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ 55 މެމްބަރުންގެ ވޯޓާ އެކު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293