twitterviber whatsapp telegramfacebookyoutube instagram
5th May 2025
ADVERTISEMENT
ކުޑަކުދިންތަކެއް މޫދު ކައިރީ ކުޅެނީ-- ފޮޓޯ ކޭއޯ ފައިލް ފޮޓޯ

ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ބޮޑު ކުށަކަށް ހަދަން ފާސްކޮށްފި

Sep 6, 2020
1

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށާއި ރޭޕްކުރުމުގެ ކުށް ބޮޑު ކުށަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ ބޮޑުކުށަކަށް ހަދަން ސަރުކާރުން ހުށަހެޅި ބިލް ކޮމިޓީން ދިރާސާކުރުމަށް ފަހު އެ އިސްލާހަށް އިތުރުކުރީ ރޭޕްގެ ކުށެވެ. އެހެންވެ މިއަދު އެ ރިޕޯޓް ފާސްކުރުމުން ބޮޑެތި ކުށްތަކުގެ ތެރޭފައި ރޭޕްގެ ކުށް ވެސް މިހާރު ވަނީ ހިމެނިފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ހުށަހެޅުއްވި އިސްލާހުގައި އޮތީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށަކީ އެ ގާނޫނުގެ 22 ވަނަ މާއްދާގައި ބުނާ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނުމަށެވެ.

އެބިލާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އެހެން އިސްލާހުތައް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް އެކުލަވައިލި ރިޕޯޓް މަޖިލީހުން މިއަދު ފާސްކުރި އެވެ. މިއަދުގެ ޖަލްސާގައި އެ ރިޕޯޓް ފާސްކުރީ 59 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޖިނާއީ އިޖުރާއަތުގެ 22 ވަނަ މާއްދާގައި ބޮޑެތި ކުށުގެ ގޮތުގައި ކުރިއްސުރެ އޮތް ކުށްތަކުގެ ތެރޭގައި މީހުން މެރުމާއި ޓެރަރިޒަމާއި މަނީލޯންޑްރިން އަދި ޓެރަރިޒަމަށް ފައިސާ ހަރަދުކުރުމުގެ ކުށް ހިމެނެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އެ ބަދަލު އަންނާނީ ކޮމިޓީން ހުށަހެޅި އިސްލާހުތަކާ އެކު މިއަދު ފާސްކުރި ބިލް ރައީސް އިބްްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމުންނެވެ.

ނަން
ކޮމެންޓް
ޙަސަނު
ކިތައްމެ ބޮޑު ކުށެއްގޮތުގައި ކަނޑައެޅިޔަސް ޙުކުމް ތަންފީޒް ނުކުރަންޏާ ތީގެ ބޭނުމެއް ނެތް ކަމުގައި ދަންންނަވަން....
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com