twitterviber whatsapp telegramfacebookyoutube instagram
17th February 2026

ރާއްޖޭގެ ދަރަނި 73.9 ބިލިއަން ރުފިޔާއަށް އަރައިފި

ޚަދީޖާ އާދަމް
Sep 7, 2020
1

ރާއްޖޭގެ ޖުމްލަ ދަރަނި 73.9 ބިލިއަން ރުފިޔާ އަށް އަރައިފައިވާ ކަން ފިނޭންސް މިނިސްޓްރީ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެގޮތުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ބޭރުގެ ދަރަނި ހުރީ 37.7 ބިލިއަން ރުފިޔާގަ އެވެ. އެތެރޭގެ ދަރަނި ހުރީ 36.1 ބިލިއަން ރުފިޔާގަ އެވެ.

މި ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 68 ބިލިއަން ރުފިޔާގަ އެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ޖުމްލަ ދަރަނި ވަނީ 69 ބިލިއަނަށް އިތުރުވެފަ އެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ރާއްޖޭގެ ދަރަނި ގާތްގަނޑަކަށް 74 ބިލިއަނަށް އަރާފައިވާއިރު ސަރުކާރުން ވަނީ ކޮވިޑް19 އާއި ގުޅިގެން އެކި ކަންތަކަށް ބޭރުން ލޯނު ހޯދައިފައެވެ.

ބޭރުގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 55 ޕަސެންޓުގައެވެ. އެތެރޭގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 53 ޕަސެންޓުގަ އެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ ދަރަނީގެ ނިސްބަތް ހުރީ ޖީޑީޕީ އާއި އަޅަބަލާއިރު 108 ޕަސެންޓުގައެވެ. ޖޫންމަހުގެ ނިޔަލަށް ތާއްޖޭގެ ޖީޑީޕީ ހުރި 68.3 ބިލިއަން ރުފިޔާގަ އެވެ.

ދެހާސް އަށާރަވަނަ އަހަރު ނިމުނު އިރު ޖުލްމަ ދަރަނި ހުރީ 48.2 ބިލިއަން ރުފިޔާގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355