twitterviber whatsapp telegramfacebookyoutube instagram
24th April 2024

އަތޮޅުތަކުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބަލަނީ

ޚަދީޖާ އާދަމް
Sep 8, 2020

އަތޮޅުތަކުގައި ކޮވިޑް-19 ފެތުރިފައިވޭތޯ ބެލުމަށް މިހާރަށް ވުރެ ބޮޑަށް ޓެސްޓު ކުރަން ތައްޔާރު ވަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) އިން ރޭ ބުނެފި އެވެ.

އެޗްޕީއޭއިން އަތޮޅުތެރޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބެލުމަށް ނިންމާފައި މިވަނީ ގދ. ހޯޑެއްދޫން ކޮވިޑްގެ ކޭސްތަކެއް ފެނުމާއި ގުޅިގެންނެވެ. ރޭ އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމއެއްގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ހޯޑެއްދޫގެ ކޭސްތައް ފެނުމުގެ ކުރިން ވެސް އަތޮޅުތަކުން ރެންޑަމް ސާމްޕަލްތައް ނަގަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާރު ރާއްޖޭގެ ހުރިހާ ހިސާބަކުން ސާމްޕަލްނަގައިގެން ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖައްސަމުން ދާކަމަށާއި އެއްވެސް ކަހަލަ މައްސަލައެއް ފެންނަ ރަށްރަށުން އެކްޓިވް ސާމްޕަލް ވެސް ނަގަމުން އަންނަ ކަމަށްވެސް ޑރ ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން ގިނަ ދުވަސްތަކެއް ވެފައި ވާތީ އަތޮޅުތަކުގެ ޓާސްކުފޯސްތަކަށް ތާޒާކުރުމުގެ ޕްރޮގްރާމްތައް ވެސް އިންތިޒާމްކޮށް، މިހާރު ވެސް އޭގެ ތެރެއިން ބައެއް މަސައްކަތްތައް ފަށާފައިވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

އެގޮތުން ޓާސްކްފޯސްތައް ހަރުދަނާ ކުރުމަށާއި އިތުރަށް އިރުޝާދުތައް ދިނުމަށް ގަވަައިދުން ހަފުތާއަކު ދެ ފަހަރު ކޮންފަރެންސްތައް ބާއްވާނެ ކަމަށާއި ކޭސްތައް ފެނިފައިވާ ރަށްރަށުގެ ޓާސްކުފޯސްތަކަށް އެ އަށް ވުރެ އަވަހަށް ވެސް އިރުޝާދު ދެމުން ދާނެކަމަށްވެސް ނަޒްލާ ވިދާޅުވި އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355