twitterviber whatsapp telegramfacebookyoutube instagram
6th July 2025

ސުޕްރީމް ކޯޓަށް ޑރ މުހައްމަދު އިބްރާހިމާއި އަލީ ރަޝީދު އައްޔަން ކުރައްވައިފި

ޚަދީޖާ އާދަމް
Sep 8, 2020
1

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. މުހައްމަދު އިބްރާހިިމާއި އަލީ ރަޝީދު ހުސައިން މިއަދު އައްޔަން ކުރައްވައިފި އެވެ.

ޑރ. މުހައްމަދު އިބްރާހިމާއި އަލީ ރަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ ރައީސް އޮފީހުުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ދެ ބޭފުޅުންނަށް މަގާމުގެ ހުވާ ލައި ދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައި އޮތް ދެ މަގާމަށް ޑރ. މުހައްމަދު އިބްރާހިމާއި ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ އާދިއްތަ ދުވަހު ވަނީ ރުހުން ދީފަ އެވެ.

ޑރ. މުހައްމަދު އިބްރާހިމަކީ 16 އަހަރު ވަންދެން ގާނޫނީ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަލީ ރަޝީދު، ޖިނާއީ ކޯޓުގެ ގާޒީ ކަމާއި ސިވިލް ކޯޓުގެ އިސް ގާޒީ ކަމާއި ޑްރަގް ކޯޓުގެ ގާޒީ ކަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ޖަލު ހުކުމް އިއްވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355