އޮންލައިންކޮށް ކިޔަވައިދޭން ޓީޗަރުން އަހުލުވެރިކުރަން ތަމްރީން ޕްރޮގްރާމެއް އިއްޔެ ފަށައިފި އެވެ.
މިއީ ކޮމަންވެލްތު އެޑިއުކޭޝަނަލް މީޑިއާ ސެންޓާ ފޯ އޭޝިއާ (ކެމްކާ) އާއި ނެޝެނަލް އިންސްޓްޓިއިޓް އޮފް އެޑިއުކޭޝަން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ ކުމްކާގެ ޑިރެކްޓާ ޕްރޮފެސާ މަދޫ ޕަހާރުއެވެ. އަދި އެ ޕްރޮގްރާމް ފައްޓަވައިދެއްވީ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދުއެވެ.
ޒޫމް މެދުވެރިކޮށް މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ އެ ސެޝަންގައި އެކި ސްކޫލްތަކާއި ތައުލީމީ ދާއިރާގެ 677 ފަރާތެއް ބައިވެރިވެފައި ވެއެވެ. މި ޕްރޮގްރާމްގެ ސެޝަންތައް ނަގައިދެއްވަނީ ކެމްކާގެ ފެސިލިޓޭޓަރުންނެވެ.
އެ ސެޝަންތަކުގައި އޮންލައިންކޮށް ކިޔަވައިދިނުން ރާވާނެގޮތާއި އޭގެ ވައްޓަފާޅިއާއި ގޫގަލް ކްލާސްރޫމާއި ގޫގަލް ޓޫލްތަކާއި އޮންލައިންކޮށް ކިޔަވައިދިނުމުގައި ކުދިން އެސެސް ކުރާާނެގޮތްތަކާއި އަދި މުހިންމު ބައެއް އޮންލައިން ޓޫލްތައް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ.