twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީގައި ޓާޝަރީ ހޮސްޕިޓަލް އިމާރާތްކުރާނެ ބަޔަކު ހޯދަން އިއުލާން ކޮށްފި

Sep 11, 2020

ކުޅުދުއްފުށީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފި އެވެ. ކުޅުދުއްފުށީގެ އިތުރުން ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށާއި ނ. މަނަދޫގައި ހޮސްޕިޓަލެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ.

ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ކުޅުދުއްފުށީގައި ޓާޝަރީ ހޮސްޕިޓަލް އިމާރާތްކުރުމަށް ފިނޭންސް މިނިސްޓްރީއިން އިއުލާނު ކޮށްފައިވާ ވާއިރު، މި ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާ ނުވަތަ 100 ޑޮލަރު ރެޖިސްޓްރޭޝަން ފީގެ ގޮތުގައި ދައްކަން ޖެހެއެވެ. ރެޖިސްޓަރ ކުރުމުގެ ފުރުސަތު އޮންނާނީ ސެޕްޓެމްބަރު 13 އިން ފެށިގެން އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ސެޕްޓެމްބަރު 14 އިން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ބިޑިން ޑޮކިއުމަންޓް ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެމިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

މި ޕްރޮޖެކްޓަށް ބިޑް ހުށަހަޅާފަރާތްތަކުން 2.3 މިލިޔަން ރުފިޔާ ނުވަތަ 150،000 ޑޮލަރުގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހެއެވެ. އެއީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 148 ދުވަހަށް ސައްހަ ބިޑް ސެކިއުރިޓީއަކަށް ވާންޖެހޭނެ އެވެ. ބިޑްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 22 ވަނަ ދުވަހު ހެނދުނު 10 ޖަހާއިރު ފިނޭންސް މިނިސްޓްރީގައެވެ.

މިހާރު ކުޅުދުއްފުށީގައި ހުންނަ، ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅުތެރޭގެ އެންމެ ގިނަ ރައްޔިތުން ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެވެ. ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓާ ތަރައްގީކުރުމަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355