twitterviber whatsapp telegramfacebookyoutube instagram
27th April 2024

އިންކަމް ސަޕޯޓު އެލަވެންސް ގޮތުގައި ދޫކުރި ފައިސާ 60 މިލިއަނާއި ގާތަށް

ޚަދީޖާ އާދަމް
Sep 12, 2020

ކޮވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލި، ވަޒީފާއަށް އަސަރުކުރި ފަރާތްތަކަށް ސަރުކާރުން ދޫކުރަން ނިންމި އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި މިހާތަނަށް 59.1 މިލިއަން ރުފިޔާއާއި ދޫކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުގައި ވާގޮތުން މިހާތަނަށް 6،388 މީހަކަށް އެލަވެންސްގެ ގޮތުގައި ފައިސާ ދޫކޮށްފައިވާއިރު އެ މީހުންނަށް ޖުމްލަ 14،105 ބުރެއްގައި ފައިސާ ދޫކޮށްފައި ވެއެވެ.

ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާ ގުޅޭ އުސޫލަށް ގެނެސްފައިވާ ބަދަލާއެކު، މިދިޔަ އަހަރުގެ ޑސެމްބަރު އެކެއްގެ ފަހުން ވަޒީފާ އިން ވަކިކޮށްފައިވާ ނަމަ ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާނަމަ އެލަވެންސަށް އެދެމުގެ ފުރުސަތު ވަނީ ދީފައެވެ.

މީގެ އިތުރުން މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ އަށް ފޮނުވައިފައިވުމުގެ އިތުރުން މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނި ކޮށްފައި ވާނަމަވެސް އެލަވެންސަށް އެދި ހުށައެޅޭނެއެވެ. އެގޮތުނއިންކަމް ސަޕޯޓުގެ ގޮތުގައި ދޭނީ 5،000ރ. އެވެ. އަދި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ވެސް އެލަވެންސްގެ ގޮތުގައި މި އަދަދު އަންނަނީ ދެމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކާއި ފަރުދުންނަށް ލިބިފައިވާ ގެއްލުންތަކަށް ލުޔެއް ހޯދައި ދިނުމަށްޓަކައި ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ "އިކޮނޮމިކް ރިލީފް ޕެކޭޖެ" އް ނެރެފަ އެވެ. އެ ޕެކޭޖުގެ ދަށުން އިންކަމް އެލަވަންސަށް އެދި ހުށަހެޅޭނީ ޖޮބް ސެންޓަރު މެދުވެރި ކޮށެވެ.

އެ މިނިސްޓްރީން ބުނީ މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 31 އޮގަސްޓުގެ ނިޔަލަށް އާމްދަނީއަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް މިކަމަށް ޝަރުތު ހަމަވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355