twitterviber whatsapp telegramfacebookyoutube instagram
5th August 2026

މާލެއިން ކުޅުދުއްފުއްޓަށް ދަތުރު ކުރި ކޮޅުވެއްޓިއެއް ފަރަށް އަރައިފި

ނަބީލާ އިސްމާޢީލް
Sep 14, 2020
1

ހަތް މީހުންނާއި އެކު މާލެއިން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރު ކުރި ކޮޅުވެއްޓިއެއް ފަރަށް އަރައި އުރިއްޖެ އެވެ.

އުތުރުގެ ބައެއް މަޝްރޫއުތަކަށް ބޭނުންވާ އެކްސްކެވޭޓަރާއި އެހެނިހެން ވެހިކަލްތަކާއި އަރުވައިގެން ދަތުރު ކުރި "ހެވީ ސްޓާ" ކޮޅުވެއްޓި އުރުނީ ށ. ނަލަމްދޫ ފަރަށް ކަމަށް އެމްއެމްޑީއެފުން ބުންޏެވެ. އުރުނު 140 ފޫޓުގެ އެ ކޮޅުވެއްޓިއަށް ދިޔަވާތީ ސިފައިން ހަރަކާތްތެރި ވަމުން ގެންދާ ކަމަށެވެ.

ސިފައިންގެއިން މިއަދު ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭގެ މެންދަމު 01:15 ހާއިރު ކަމަށެވެ. އުރުނު އިރު ތިބި ހަތް މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ހަތަރު ބިދޭސީއެކެވެ. އެއިން މީހަކަށް ގެއްލުމެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355