ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ޖުމްލަ މީހުންގެ އަދަދު 9،568 އަރައިފި އެވެ.
މިދިޔަ މަހާ އަޅާ ބަލާއިރު މިމަހު ކޮވިޑުގައި ޕްޒިޓިވްވާ މީހުންގެ އަދަދު ދަށް ވެފައިވާއިރު މިދޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 74 މީހުންނެވެ.
އެޗްޕީއޭއިން ރޭ ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 70 މީހުނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުން ކަމަށެވެ. އަނެއް ހަތަރު މީހުނަކީ އަތޮޅުތަކުގެ ތެރޭގެ ރަށްރަށުން ޕޮޒިޓިވްވެފައިވާ މީހުނެވެ.
ނަމަވެސް މިދިޔަ އޮކްޓޫބަރު މަހު ޖުމްލަ 3،900 މީހަކަށް ބަލިޖެހިފައިވައިރު އެ ބަލީގައި 12 މީހަކު މަރުވިއެވެ.
މި މަހުގެ ފުރަތަމަ 15 ދުވަސްތެރޭ ޕޮޒިޓިވްވި މީހުންގެ އަދަދު 100 ވުރެ މައްޗަށް އަރާފައިވަނީ އެންމެ ދުވަހަކުއެވެ. އެހެން ދުވަސްތަކުގައި ޕޮޒިޓިވް އަދަދު އުޅެނީ 100 އިން ދަށުގައެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،452 މީހުންނެވެ. ކޮވިޑްގައި 33 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 106 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަތޮޅުތެރޭގެ 21 ރަށެއްގައި 48 މީހަކަށް ބަލިޖެހިފައި ވެއެވެ.