twitterviber whatsapp telegramfacebookyoutube instagram
22nd February 2026

"ބަޑީޒް ފުޓްސަލް ޗެލެންޗް" ބްލަޑް ބްރަދާސް ކާމިޔާބުކޮށްފި

ނަބީލާ އިސްމާޢީލް
Sep 19, 2020

ށ. ފޯކައިދޫ ތާރީހުގައި ބޭއްވި އެންމެ ބޮޑު ފުޓްޝަލް މުބާރާތް "ބަޑީޒް ފުޓްޝަލް ޗެލެންޖް 2020" ގެ ޗެމްޕިއަންކަން "ބަލަޑް ބްރަދާރްސް"އިން ކާމިޔާބު ކޮށްފި އެވެ.

އިއްޔެ ހަވީރު 4:30 ގައި ކުޅެވުނު ފައިނަލް މި މެޗުން "ބްލަޑް ބްރަދާރސް" އިން ޗެމްޕިއަންކަން ހޯދާފައިވަނީ މި މުބާރާތުގެ ފައިނަލްގައި "އެފް ސީ އުނދޯލި" އާ ވާދަކޮށް 2 - 7 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ، ބްލަޑް ބްރަދާރސް ގެ ޝަމާލްއެވެ.

ޖުމްލަ 10 ޓީމަކުން ބައިވެރިވެގެން މި މަހު 5 ވަނަ ދުވަހު ފެށި މި މުބާރާތަކީ ހަމަ އެކަނި ފޯކައިދޫއަށް ހުޅުވާލައިގެން ކުރިއަށްދިޔަ މުބާރާތެކެވެ.

މި މުބާރާތުގެ ފުޓްސަލް ކިންގް އަކަށް ހޮވުނީ އެފް ސީ ޕާރކް ގެ އިބްރާހިމް މުސީރް އެވެ. އަދި މި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ބްލަޑް ބްރަދާރސްގެ މުޙައްމަދު ރިޝްވާން އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ އެފްސީ ޕާކްގެ އިބްރާހިމް މުސީރު، އަލަސް ސްޕޯޓްސްގެ އަހުމަދު އަފްރާހް، ބްލަޑް ބްރަދާސްގެ މުހައްމަދު ރިޝްވާން، އެފްސީ އުނދޯލީގެ އަބްދުލް މުހައިމިން އަދި ބްލަޑް ބްރަދަސްގެ އަހުމަދު ސަމާލް އެވެ.

މުބާރާތް އިންތިޒާމްކޮށް ކުރިއަށް ގެންދިޔަ ބަޑީޒް ގުރޫޕަކީ ފޯކައިދޫ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ޒުވާނުންނަށް އޮތް ފަހި ފުރުސަތުތައް ތަނަވަސްކޮށްދިނުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރާ ފޯކައިދޫ ޒުވާނުންގެ ޓީމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355