twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނީ 3.9 މިލިއަން ރުފިޔާ

Sep 19, 2020

ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ހަތަރު މިލިޔަން ރުފިޔާ އަށް ވުރެ ދަށަށް ވެއްޓިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކުރި ރިޕޯޓުން ދައްްކައިފި އެވެ.

ރާއްޖެއަށް ގްރީން ޓެކްސްގެ ގޮތުގައި ލިބެމުން އައި އާމްދަނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން އައީ ދަށްވަމުންނެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖެނުއަރީމަހު ގްރީން ޓެކްސްގެ ގޮތުގައި 84 މިލިޔަން ރުފިޔާ ދައުލަތަށް ލިބުނެވެ. އެއަށް ފަހު ކޮންމެ މަހަކު ވެސް ދަށް ވަމުން ގޮސް ޖޫން މަހު ލިބުނީ 3.9 މިލިޔަން ރުފިޔާ އެވެ.

ފެބްރުއަރީ މަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނީ 77 މިލިޔަން ރުފިޔާ އެވެ. އެއީ އޭރުގައި ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމު ކަމަށްވާ ޗައިނާގައި ކޮރޯނާވައިރަސް ފެތުރޭތީ ބައެއް ސަރަހައްދުތައް ލޮކްޑައުންކުރުމުން އައި ބަދަލަކަށް ވެދާނެ އެވެ. ފެބްރުއަރީ މަހު މާލެ އަތޮޅުން 26.8 މިލިޔަން ރުފިޔާ ލިބުނު އިރު އޭގެ ތެރެއިން 25.7 މިލިޔަން ރުފިޔާ ލިބުނީ ރިސޯޓްތަކުންނެވެ. މާޗްމަހު ރާއްޖެއަށް ގްރީން ޓެކްސްގެ ގޮތުގައި 74 މިލިޔަން ރުފިޔާ ލިބުނެވެ.

ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މިހާބޮޑަށް ދަށަށް ދިޔައީ ކޮވިޑް-19 ފެތުރޭތީ ރާއްޖެ އާއި ދުނިޔޭގެ އެހެން ގައުމުތަކުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީ ހުއްޓުމަކަށް އައުމުންނެވެ. އެބައްޔަކީ ބޮޑު ބަލިމަޑުކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން އިއުލާނު ކުރީ މާޗްމަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355