ހެނދުނު އެންމެ ފުރަތަމަ ބުއިމެއްގެ ގޮތުގައި ގުރީން ޓީ ބޭނުން ކުރުން ރަނގަޅެއް ނޫނެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި ހެނދުނު ހުސްބަނޑާ ގްރީން ޓީ ބޯނަމަ އޭގެ ނޭދެވޭ އަސަރު ޗިސްމެއަށް ކުރެ އެވެ.
މިހާރު ގިނަ މީހުންނަނީ ސިއްހަތަށް ވަރަށް ބަލައިގެން ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރާ ބައެކެވެ. އެގޮތުން ހަށިގަނޑަށް ފައިދާ ހުރި ކާނާއާއި ބުއިންތަށް ބޭނުން ކުރުމުގައިވެސް ރަނގަޅު ވަގުތު ތަކެއް ވެއެވެ.
ހަށިގަނޑު ދުޅަހެޔޮކަންމަތީގައި ބެހެއްޓުމަށާއި ބަރުދަން ލުއި ކޮންދިނުމަށް ގްރީންޓީއަކީ ރަނގަޅު ބުއިމެކެވެ. އެހެންނަމަވެސް، ކޮންމެ ކަމެއް ކުރުމުގައިވެސް ވަކި މިންގަނޑަކާއި އުސޫލެއް އޮންނަ ފަދައިން ގްރީންޓީ އަކީ ވަކި ގަޑިތަކެއްގައި ބުއިމުން އެކަމުންް ލިބޭ ފައިދާ އިތުރު ކޮންދޭ ބުއިމެކެވެ.
މެންދުރުގެ ކެއުމުގެ ދެ ގަޑިއިރު ކުރިން ނުވަތަ ދެ ގަޑިއިރު ފަހުން ބުއިމަށް ލަފާދޭއިރު ކާއެއްޗަކާއި އެކު ގްރީންޓީ ބުއިމުގެ ސަބަބުން ކާނާގައި ހުންނަ އަޔަންގެ މިންވަރު ދަންކޮށްދޭ ކަމަށް ދިރާސާތަށް ބުނެއެވެ.
ގްރީން ޓީގައި ހިމެނޭ އެންޓި އޮކްސިޑެންޓް އާއި އެންޓި އިންފުލެމެންޓްރީގެ ސަބަބުން ގުރީންޓީ ބޭނުންކުރުމުން ގައިގެ ހަންގަނޑު ތެޔޮވުން ހައްލުކޮށްދެ އެވެ.
ގްރީންޓީއަކީ ކެފެއިން އާއި އަމީނޯ އެސިޑް އެކުލެވޭ ބުއިމަކަށްވެފައި މިއީ ނިދުމުގެ އެއް ގަޑިއިރާއި ދެ ގަޑިއިރު ކުރިން ބުއިމުން އަރާމު ނިންޖެއް ގެނުވައިދޭ ބުއިމެއް ކަމަށްވެއެވެ. އަދި ކަންކަމަށް ސަމާލުކަން ދިނުމަށްވެސް ގްރީންޓީއިން އެހީވެދޭ ކަމަށާއި ދުވާލެއްގެ މައްޗަށް އެންމެ ގިނަވެގެން ބުއިން އެކަށީގެންވަނީ ތިން ތަށި ނުވަތަ 100-750 މިލިގުރާމް ކަމަށް ދިރާސާއިން ހާމަވެއެވެ.