twitterviber whatsapp telegramfacebookyoutube instagram
12th August 2026

އޭލެވެލް އިމްތިހާން ހަދާ ދަރިވަރުން އިމްތިހާން ސެންޓަރު ހުރި ރަށަށް ދާން އެދެފި

ޚަދީޖާ އާދަމް
Sep 20, 2020

އޮކްޓޯބަރ، ނޮވެމްބަރުގައި ބާއްވަން ހަމަޖައްސާފައިވާ އެޑެކްސެލް އޭލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުން، އާދިއްތަ ދުވަހުގެ ކުރިން އިމްތިހާނު ހަދާ ސެންޓަރަށް ދާން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން އިން އެދެފި އެވެ.

މޭ އަދި ޖޫން ގައި ބާއްވަން ހަމަޖައްސާފައިވާ އޭލެވެލް އިމްތިހާނު ލަސްވީ ކޮވިޑް-19 އާ ގުޅިގެންނެވެ. މާޗް މަހު އިއުލާން ކުރި މި ނިންމުމާ ގުޅިގެން ގިނަ ދަރިވަރުންނެއް އާއިލާއާއެކު ވަނީ ރަށަށް ބަދަލުވެފަ އެވެ. އޭގެ ތެރޭގައި ކޮވިޑް އާ ގުޅިގެން މާލީ ދަތިތައް ކުރިމަތިވި އާއިލާތައްވެސް ހިމެނެ އެވެ. އެގޮތުން 27 ސެޕްޓެމްބަރުގެ ކުރިން އިމްތިހާނު ހަދާ ސެންޓަރަށް ދިއުމަށް ވަނީ ދަރިވަރުންނަށް އިލްތިމާސްކޮށްފަ އެވެ.

މި އަހަރު ބާއްވާ އޭލެވްލް އިމްތިހާނުގައި ސްކޫލް ސެންޓަރުުތަކާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން އިން 1529 ދަރިވަރުން ބައިވެރިވެ އެވެ. އެއީ މާލެ އާއި އަތޮޅުތަކުގެ ތެރެއިން 37 ސްކޫލް ސެންޓަރުން ބައިވެރިވާ ދަރިވަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355