twitterviber whatsapp telegramfacebookyoutube instagram
2nd July 2025

ފަތުވެރިންނަށް ހިދުމަތް ދޭން 104 ރިސޯޓަކަށް ހުއްދަ ދީފި

ޚަދީޖާ އާދަމް
Sep 21, 2020

ކޮވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައިވާ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާ މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަމުން ދާއިރު ފަތުުރުވެރިންނަށް ހިދުމަތް ދިނުމަށް މިހާތަނަށް 104 ރިސޯޓަކަށް ހުއްދަ ދީފި އެވެ.

ޖުލައި 15 ގައި ފަތުރުވެރިކަމަށް ރާއްޖެ އަލުން ހުޅުވާލާފައިވާއިރު ހުއްދަދިން ރިސޯޓުތަކުގެ ތެރޭގައި މިހާރު ހިދުމަތްދޭ ރިސޯޓުތަކާއި ކުރިއަށް ދެ މަސް ތެރޭ ހިދުމަތް ފަށަން ނިންމާފައިވާ ރިސޯޓުތައްވެސް ހިމެނެއެވެ.

މިހާތަނަށް 109 ޓޫރިސްޓު ވެސެލް / ސަފާރީ އަށް އޮޕަރޭޓު ކުުރުމުގެ ހުއްދަ ދީފައިވާއިރު ގްރޭޓާ މާލޭ ސަރަހައްދުން ޓްރާންސިޓް ފެސިލިޓީތަލުގެ ގޮތުގައި ހިންގުުމަށް 32 ތަނަކަށް ވަނީ ހުއްދަ ދީފައެވެ.

އޭގެ އިތުރުން މީހުން ދިރި ނޫޅޭ ރަށްރަށުގައި ހިންގާ ތިންހޮޓަލަކަށްވެސް ވަނީ އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފައެވެ. އެއީ ބ. ފިނޮޅަސްގައި ހިންގާ އަމިއްލަ ފުށި، ގއ. ކޫއްޑޫގައި ހިންގާ މާކިޔޯ މޯލްޑިވްސް ކޫއްޑޫގެ އިތުރުން އައްޑޫ ސިޓީ ގަމުގައި ހިންގާ އިކުއޭޓާ ވިލެޖެވެ.

ސަރުކާރުން ނިންމާފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު މާލެ ފިޔަވާ އެހެން ރަށްރަށުގެ ގެސްޓުހައުސްތައް ހުޅުވުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355