twitterviber whatsapp telegramfacebookyoutube instagram
17th August 2025

ކޮޗިން ފެރީގެ މައުލޫމާތު ކުޅުދުއްފުށީ ކައުންސިލާ ހިއްސާކޮށްފި

Sep 21, 2020
3

އިންޑިޔާގެ ކޮޗިން އާއި ކުޅުދުއްފުށި/މާލެ އާއި ދެމެދު ފަށަން ތައްޔާރުވަމުންދާ ފެރީގެ މައުލޫމާތު މިއަދު ކުޅުދުއްފުށީ ކައުންސިލާއި ހިއްސާކޮށްފައިވާކަމަށް ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ލަތީފް ވިދާޅުވެފައިވަނީ ފޮރިން މިނިސްޓްރީގެ ފަރާތުން ކޮޗިން ފެރީގެ މައުލޫމާތު މިއަދު އެކައުންސިލާއި ހިއްސާކޮށްފައިވާ ކަމަށާއި، މިއީ މި ސަރަހައްދުގެ ވިޔަފާރީއަށާއި މުޅި ރާއްޖޭގެ ވިޔަފާރީއަށް ހުޅުވިގެންދާ ފަހި ދޮރެއްކަމަށެވެ.

ލަތީފްވަނީ މިކަމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ރައީސް ނަޝީދަށް ޝުކުރު ދަންނަވާފައެވެ.

ކާގޯފެރީގެ މައުލޫމާތު ކުޅުދުއްފުށީ ކައުންސިލާ ހިއްސާކޮށްފައިނުވާކަމަށް ކައުންސިލްގެ ރައީސް ލަތީފްއާ ހަވާލީ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައި އެވެ. އަދި އެކަމުގެ މައުލޫމާތު ކުޅުދުއްފުށީ ޕޯޓަށްވެސް އެ މައުލޫމާތު ނޭނގޭކަމަށް ރައީސްއާ ހަވާލީ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

ނަމަވެސް އެކަން ދޮގުކުރައްވާ ކުޅުދުއްފުށީ ޕޯޓްގެ ޗީފް މެނޭޖަރު މުހައްމަދު އަހުމަދު ކޭއޯއަށް މިއަދު ވިދާޅުވީ، އިންޑިޔާ ފެރީގެ މައުލޫމާތު އެ ބަނދަރަށް ބަރާބަރަށް ލިބެމުންދާ ކަމަށާ ޕޮރިން މިނިސްޓްރީ އިސްވެ ކުރިއަށްގެންދާ ޒޫމް ބައްދަލުވުންތަކުގައި އެ ބަނދަރު ބައިވެރިވަމުންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355