twitterviber whatsapp telegramfacebookyoutube instagram
18th August 2026

ހއ އަތޮޅުން އއ އަތޮޅަށް ވައިޓް އެލާޓު ނެރެފި

ޚަދީޖާ އާދަމް
Sep 22, 2020

ގުގުރުމާއެކު ބޯކޮށްވާރޭވެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭނީ ހއ އަތޮޅުން އއ އަތޮޅަށްވައިޓް އެލާޓު ނެރެފިއެވެ.

ވައިޓް އެލާޓު ނެރެފައިވަނީ މިއަދު ހަވީރު 16:30 ން ރޭގަނޑު 21:00 ށެވެ. މެޓު އޮފީހުން ބުނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި 45 މޭލަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށާއި ރާޅުގެ އުސްމިނުގައި 3-6 ފޫޓު ހުންނާނެ ކަމަށް ލަފާކުރެވޭކަމަށް މެޓު އޮފީހުން ބުނެފައި ވެއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355