twitterviber whatsapp telegramfacebookyoutube instagram
8th April 2026

ތިން ގައުމަކަށް ސަފީރުން އައްޔަން ކުރައްވައިފި

ޚަދީޖާ އާދަމް
Sep 23, 2020

އިންޑިއާ އާއި ޕާކިސްތާން އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ސަފީރުކަމަށް ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވި ބޭފުޅުން މަގާމަށް އައްޔަންކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ސަފީރުކަމުގެ ފަތްކޮޅު ހަވާލުކުރައްވާފަ އެވެ.

އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް އައްޔަނުކުރެއްވީ، ހ. ނިޔާސާގެ ޑރ. ހުސެއިން ނިޔާޒެވެ. ޔޫއޭއީގެ ސަފީރުކަމަށް ހ. މީސްޓޮލޮޖް، އާމިނަތު ޝަބީނާ އައްޔަންކުރެއްވި އިރު ޕާކިސްތާނުގެ ސަފީރުކަމަށް އައްޔަންކުރެއްވީ ގ. ޗޭނުގެ ފަރުޒާނާ ޒާހިރެވެ.

ޔޫއޭއީގައި ހުންނަވާ ސަފީރު ކަމަށް އައްޔަންކުރެއްވި ޝަބީނާ އާއި ޕާކިސްތާނުގެ ސަފީރު ކަމަށް އައްޔަނުކުރެއްވި ފަރުޒާނާ އެންމެ ފަހުން އަދާ ކުރައްވަމުން އައީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކަޓަރީގެ މަގާމެވެ. އިންޑިއާގައި ހުންނަވާ ސަފީރު ކަމަށް އައްޔަނުކުރެއްވި ޑރ. ނިޔާޒު އެންމެ ފަހުން ހުންނެވީ ޔޫއޭއީގެ ސަފީރުކަމުގެ މަގާމުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355