އެމެރިކާއިން ރާއްޖެއަށް 60 ވެންޓިލޭޓަރު ހަދިޔާކޮށްފި އެވެ. ވެންޓިލޭޓަރުތައް ހަވާލުކޮށްދެއްވީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޒް އެވެ.
ވާޗުއަލް ކޮށް ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ރާއްޖެއިން ވެންޓިލޭޓަރުތަކާ ހަވާލުވެވަޑައިގެންނެވީ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު އުމަރު އަބްދުއް ރައްޒާގު އެވެ.
“This generous donation facilitated by USAID would greatly expand the current ICU capacity of the country and enhance our preparedness to address health emergencies even after the pandemic. It is also a perfect symbol of the growing friendship &cooperation between 🇲🇻 and 🇺🇸” pic.twitter.com/zBdRDJMoZc
— Ministry of Foreign Affairs 🇲🇻 (@MoFAmv) September 24, 2020
ފޮރިން މިނިސްޓްރީން ބުނީ މި ވެންޓިލޭޓަރުތަކުގެ ސަބަބުން ކޮވިޑް 19 ރާއްޖޭން ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީވެވޭނެ ކަމަށާއި މިއަދު ހަދިޔާކުރި 60 ވެންޓިލޭޓަރުތައް ހެލްތު މިނިސްޓްރީ އާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައި ހުރި ފެސިލިޓީތަކަށް ގެންދާނެ ކަމަށެވެ.
ކޮވިޑާ ގުޅިގެން އައި ހީނަރުކަމުން އަރައިގަތުމަށް އެމެރިކާއިން ރާއްޖެއަށް 4 މިލިއަން ޑޮލަރު މިހާތަނަށް ވަނީ ހަދިޔާކޮށްފަ އެވެ. އޭގެ ތެރޭގައި ދެ މިލިއަން ޑޮލަރުގެ ގްރާންޓް އެއިޑާއި ޕީޕީއީ ކިޓު ތަކާއި ޕީސީއާރު މެޝިންގެ އިތުރުން ޔުނިސެފް ފަދަ ޖަމިއްޔާތަކުގެ އެހީ ފޯރުކޮށްދީފަ އެވެ.