ފާއިތުވި ހަފްތާގެ ނިޔަލަށް 9.9 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައު ދައުލަތަށް ލިބިފައިވާ ކަމަށް ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފްތާގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދު 17.8 ބިލިއަނަށް އަރާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 17.1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
މި އަހަރުގެ އެހާތަނަށް ދައުލަތަށް އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ ޓެކުހުންނެވެ. ޓެކްސް އާމްދަނީގެ ގޮތުގައި މިމަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 7.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އަހަރުގެ މިހާތަނަށް މުސާރަ އާއި އިނާޔަތްތައް ދިނުމަށް 6.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އެންމެ ބޮޑު ހަރަދެއްވެސް ގޮސްފައިވަނީ މުސާރައާއި އިނާޔަތްތަކަށެވެ.