twitterviber whatsapp telegramfacebookyoutube instagram
16th April 2024

ކުޅުދުއްފުއްޓަށް ބޭސްފަރުވާއަށް އދ އޮމަދޫންވެސް ބަޔަކު އަތުވެއްޖެ

އަބްދުލް ވާހިދު ޙަސަން
Sep 25, 2020
4

ކޮވިޑް-19 އާ ގުޅިގެން މާލެއަށް އަރައި ފޭބުން ދަތިވުމުގެ ސަބަބުން ސިއްހީ ހިދުމަތް ހޯދުމަށް ގިނަ ބަޔަކު ދަނީ ކުޅުދުއްފުއްޓަށް އަންނަމުންނެވެ. މާލޭން އުތުރުގެ ހުރިހާ އަތޮޅުތަކުން ސިއްހީ އަދި ޒަރޫރީ ބައެއް ހިދުމަތްތައް ހޯދުމަށް މިހާރު ކުޅުދުއްފުއްޓަށް އަންނައިރު ދާދިފަހުން ވަނީ މާލެން ދެކުނު، އއ މަތިވެރި ބަޔަކުވެސް ސިއްހީ ހިދުމަތަށް ކުޅުދުއްފުއްޓަށް އައިސްފަ އެވެ.

އއ މަތިވެރިން 100 ވުރެގިނަ މީހުން ކުޅުދުއްފުށިން ހިދުމަތް ހޯދުމަށްފަހު އެނބުރި ފުރީ މިއަދު އެވެ. އއ މަތިވެރިއަށްފަހު މިއަދު މިވަނީ އދ އަތޮޅުގެ އޮމަދޫ ބަޔަކު ބޭސްފަރުވާއަށް އައިސްފައި އެވެ.

އޮމަދޫގެ ބޮޑު މަސްދޯންޏެއްކަމަށްވާ "ނޫރު"ގައި މިއަދު ހަވީރު ކުޅުދުއްފުއްޓަށް 60 އެއްހާ މީހުން ބޭސްފަރުވާއަށް އައިސްފައިވެ އެވެ. އެ ދޯނީގެ އޮފިޝަލު ކޭއޯއާ ވާހަކަދައްކަމުން ބުނީ، މި ދަތުރުގައި އައިސްފައިވާ ގިނަ މީހުންނަކީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުން ކަމަށެވެ. އަދި ފުރާނެ ވަކި ދުވަހެއް ކަނޑައެޅިފައިނުވާ ކަމަށާ ބޭސްފަރުވާގެ ކަންތައްތައް ނިމުމު ފުރާނެ ކަމަށެވެ.

ބޭސްފަރުވާއަށް މި ދޯނިން އައި ފަރާތްތަކުގެ އަތުން އެއްވެސް ފީ އެއް ނަގާފައިނުވާ ކަމަށާ ހުރިހާ އެންމެންވެސް ގެނެސްފައިވަނީ ހިލޭ ކަމަށް އެ ދޯނި ވާހަކަދެއްކި މީހަކު ބުންޏެވެ. މި ދޯނީގައި ގިނަ އަދަދަކަށް ކުޑަކުދިންނާއި އަންހެނުން ތިބިކަން ފާހަގަކުރެވެ އެވެ.

މާލެ ދިޔުމަށް ދަތިތަކެއް ހުރުމުން އެ ސަރަހައްދުން ނުލިބޭ ފަރުވާތަކާއި އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދުރު އަތޮޅުތަކުން އަންނަ ފަރާތްތަކަށް ބޭސްފަރުވާ ކުރުމުގައި ހާއްސަ، ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައިވުމީވެސް މިރަށަށް އައި ސަބަބެއްކަމަށް އެ ދޯނިން ދަތުރުކުރި މީހެއް ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355