twitterviber whatsapp telegramfacebookyoutube instagram
17th August 2025

ކުޅުދުއްފުށީގައި ހޯމް ކަރަންޓީނުގައި ހުރި ކުޑަކުއްޖަކު ޕޮޒިޓިވްވެއްޖެ

އަބްދުލް ވާހިދު ޙަސަން
Sep 25, 2020
3

ކުޅުދުއްފުށީގައި ހޯމް ކަރަންޓީނުގައި ހުރި ކުޑަ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހަތަރު އަހަރުގެ އަންހެން ކުއްޖާ ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޯމް ކަރަންޓީން ނިންމަން ހެދި ސާމްޕަލް ޕޮޒިޓިވްވުމުންނެވެ. އެ ކުއްޖާއާއެކު ކުއްޖާގެ މަންމަ އާއި އަދި ދެ އަހަރުގެ ކުއްޖަކުވެސް ހުއްޓެވެ. އެކަމަކު އެ ދެ މީހުންގެ ސާމްޕަލް ވަނީ ނެގެޓިވްވެފައި އެވެ.

އެހެންވުމުން އެ ކުއްޖާއާއެކު ކުއްޖާގެ އާއިލާގެ ކަރަންޓީނު މުއްދަތު ވަނީ ދަންމާލާފައި އެވެ. ޕޮޒިޓިވްވި ކުއްޖާގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިފައިނުވާކަމަށް މައުލޫމާތު ލިބެ އެވެ.

ކުޅުދުއްފުއްޓާއި މާލެއާ ދެމެދުގައި ދަތުރުކުރާ ފާޅުބޯޓްގެ ކެޕްޓަންވެސް މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި އެވެ.

އެއާއެކު އެ ބޯޓް ދަތުރުކުރި ކުޅުދުއްފުއްޓާއި ނޮޅިވަރަމް ވަނީ މޮނިޓަރިން ލައިފަ އެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355