twitterviber whatsapp telegramfacebookyoutube instagram
18th July 2026

ފާޅުބޯޓްގެ އިތުރު ދެ ފަޅުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އަބްދުލް ވާހިދު ޙަސަން
Sep 26, 2020
4

ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ފާޅުބޯޓްގެ އިތުރު ދެ ފަޅުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މިއާއެކު އެ ބޯޓުން ޕޮޒިޓިވްވި މީހުންގެ އަދަދު ތިނަކަށް އެރީ އެވެ. މީގެ އިތުރުން ހޯމް ކަރަންޓީނުގައި ހުރި ހަތަރު އަހަރުގެ ކުޑަކުއްޖެއްވެސް ވަނީ ޕޮޒިޓިވްވެފައި އެވެ.

ފާޅުބޯޓްގެ ކެޕްޓަން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ރަށް މޮނިޓަރިންއަށް ލައި، ކޮންޓެކްޓް ޓްރޭސިން ހެދުމަށް 11 މީހެއްގެ ސާމްޕަލް ވަނީ މިއަދު ނަގައިފައި އެވެ. އެގޮތުން މިއަދު ނެގި ސާމްޕަލް ތެރޭގައި ހިމެނެނީ އެ ބޯޓްގެ 10 ފަޅުވެރިޔަކާއި ކެޕްޓަނުގެ ޑައިރެކްޓް ކޮންޓެކްޓެކެވެ.

މި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ ބޯޓްގެ ދެ ފަޅުވެރިޔެކެވެ. އެއީ 23 އަހަރުގެ ފިރިހެނަކާއި 54 އަހަރުގެ ފިރިހެނެކެވެ. އިތުރު ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބަލަމުންދާކަމަށް ކަމާ ބެހޭ ފަރާތްތަކުން މައުލޫމާތުދެ އެވެ.

ފާޅުބޯޓް މާލޭން ކުޅުދުއްފުއްޓަށް އައިސްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ކުޅުދުއްފުށީގެ އިތުރުން މި ބޯޓް އިއްޔެ ވަނީ ނޮޅިވަރަމަށްވެސް ގޮސްފައި އެވެ. އެހެންވެ އެރަށްވެސް ވަނީ މޮނިޓަރިންއަށް ލާފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355