twitterviber whatsapp telegramfacebookyoutube instagram
17th February 2026

ކާގޯފެރީ މެދުވެރިކޮށް ދުބާއީ އިންވެސް މުދާ އެތެރެކުރެވޭނެ: ޝިފާއު

އަބްދުލް ވާހިދު ޙަސަން
Sep 27, 2020
1

ކޮޗިން ކާގޯފެރީ މެދުވެރިކޮށް ދުބާއީ އިންވެސް ސީދާ ކުޅުދުއްފުއްޓަށް މުދާ އެތެރެކުރެވޭނެކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ވައުދުގެ ތެރޭގައި ހިމެނޭ ކޮޗިން ކުޅުދުއްފުށީ ކާގޯފެރީގެ ހިދުމަތް ފަށާފައިވަނީ އިއްޔެ އެވެ. އެގޮތުން އިއްޔެ ވަނީ ފުރަތަމަ ކާގޯފެރީ ކުޅުދުއްފުށީގައި ބަނދަރުކޮށްފައި އެވެ.

ޝިފާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮޗިން ފެރީ މެދުވެރިކޮށް ދުބާއީ އިންވެސް ސީދާ ކުޅުދުއްފުއްޓަށް މުދާ އެތެރެކުރެވޭނެ ކަމަށެވެ. ޝިފާއު އެހެން އެ ވިދާޅުވީ ކޮޗިން ބަނދަރަކީ އިންޑިޔާގެ އެންމެ ބާރުބޮޑު އަދި ބައިނަލް އަގްވާމީ އެންމެ ގިނަ ހަރަކާތްތަކެއް ހިނގައި ދުނިޔެއާއި ގުޅިފައިވާ ބަނދަރަކަށް ވާތީ އެވެ.

އޭނާ ވިދާޅުވީ، ހުޅުވިގެން މިދާ ދޮރުތަކަކީ އުތުރުގެ އިގްތިސޯދަށް އާރޯކަން ގެނުވާނެ ދޮރުތަކެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355