twitterviber whatsapp telegramfacebookyoutube instagram
1st June 2025

ކާގޯ ފެރީގެ މައުލޫމާތު ދިނުމަށް އޮންލައިން ސެޝަނެއް ބާއްވަނީ

Sep 27, 2020
3

ވިޔަފާރި ވެރިންނަށް ކޮޗިން ފެރީގެ މައުލޫމާތު ފޯރުކޮށްދިނުމަށް އޮންލައިން ސެޝަނެއް ބާއްވަން ނިންމައިފި އެވެ.

ކުޅުދުއްފުށީ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިއީ ހދ އަތޮޅު ކައުންސިލާއި، މޯލްޑިވްސް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި ބިޒްނަސް ސެންޓަރުން ގުޅިގެން ބާއްވާ ސެޝަނެއް ކަމަށެވެ.

އެގޮތުން ކުޅުދުއްފުށީގައި ރެޖިސްޓްރީ ކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ފެރީން މުދާ ގެންނަން ޝައުގުވެރިވާ ފަރާތްތަކުން އޮންލައިން ސެޝަނުގައު ބައިވެރިވުމަށް ގޫގުލް ފޯމް ** މެދުވެރިކޮށް ނަން ނޯޓު ކުރެވޭނެ ކަމަށެވެ.

ނަން ނޯޓު ކުރުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 10:00 ހަމައަށް ވަނީ ހުޅުވާލާފައެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 6527185 ނަންބަރާ ގުޅުމަށް ކައުންސިލުން އެދިފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355