twitterviber whatsapp telegramfacebookyoutube instagram
3rd December 2025

ކުޅުދުއްފުއްޓަށް ޝެޑިއުލްކޮށްފަ ހުރި ފުލައިޓްތައް ކެންސަލް ކޮށްފި

ނަބީލާ އިސްމާޢީލް
Sep 28, 2020
2

އަންނަ މަހުގެ އެއްވަނަ ދުވަހާއި ސޯޅަވަނަ ދުވަހާއި ދެމެދު މޯލްޑިވިއަނުން ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލްކޮށްފަ ހުރި ފުލައިޓްތައް ކެންސަލް ކޮށްފި އެވެ.

މިނޫހަށް އެނގިފައިވާ ގޮތުން ފުލައިޓްތައް ކެންސަލްކޮށް، މިމުއްދަތުގެ ތެރޭގައި ކުޅުދުއްފުށީ މަގުން ދަތުރުކުރަން ކުރި ޓިކެޓްތައްވަނީ ހަނިމާދޫ އަށް ބަދަލުކޮށްފަ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރެއިންފެށިގެން ކުޅުދުއްފުށީ މޮނިޓަރިންގްގެ ހާލަތުގައި އޮތް ނަމަވެސް އިއްޔެއާ ހަމައަށްވެސް ފުލައިޓް ސެޑިއުލްތަކަށް ބަދަލެއް ނާދެ އެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު ފުލައިޓުން ކުޅުދުއްފުއްޓަށް ދަތުރު ކުރަން ތިބި މީހުންނަށް އެކަން އަންގާފައިވަނީ ވެސް ވަގުތު ކުޑަތަންވި ފަހުންނެވެ. ބައެއް މީހުންނަށް ބޯޑިންގވި އިރުވެސް އެކަން އެނގިފަ އެއް ނުވެ އެވެ.

އެހެން ކަމުން ހޮނިހިރު ދުވަހު ފުލައިޓުން ދަތުރުކުރި ފަރާތްތަކުން އެއާޕޯޓްގައި އެތައް އިރަކު މަޑުކުރުމަށް ފަހުވެސް ކުޅުދުއްފުށީ މޮނިޓަރިންގެ ހާލަތުގައި އޮތުމުން ވަނީ ރަށަށް އާދެވޭގޮތް ނުވެ ހަނިމާދޫގައި ތާށިވެފަ އެވެ.

މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށަށް އަރާފޭބުމުގެ ހުއްދަ ދޫކުރަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންނެވެ. އެހެން ކަމުން މިހާލަތުގައި ކުޅުދުއްފުށިން ދަތުރު ކުރުމަށް ސެޑިއުލްކޮށްފައިވާ ފުލައިޓްތަށް ހަނިމާދޫއަށް ބަދަލުވުމާއި ގުޅިގެން ފުރުމަށް ހަނިމާދޫއަށްދާ ފަރާތްތަކުން އެޗްޕީއޭގެ ހުއްދަ ލިބިގެން ދަތުރު ކުރެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355