twitterviber whatsapp telegramfacebookyoutube instagram
24th April 2024

ތިން ދުވަހަށް ފަހު ކުޅުދުއްފުއްޓާއި ނޮޅިވަރަމް މޮނިޓަރިން ނަގައިފި

އަބްދުލް ވާހިދު ޙަސަން
Sep 28, 2020
5

ތިން ދުވަހަށް ފަހު ކުޅުދުއްފުއްޓާއި ނޮޅިވަރަމް މޮނިޓަރިންގެ ހާލަތު އުވާލައި އާންމު ހާލަތަށް ބަދަލުކޮށްފި އެވެ. ކުޅުދުއްފުއްޓާއި ނޮޅިވަރަމް މޮނިޓަރިންގެ ހާލަތަށް ގެނެސް އަރައި ފޭބުން މަނާކުރީ މިދިޔަ ހުކުރުދުވަހު ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ފާޅުބޯޓްގެ ކެޕްޓަން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

މޮނިޓަރިންގެ ހާލަތު އުވާލާފައިވަނީ މިރޭ 9:48 ގައި އެވެ. އެކަން ވަނީ އެޗްޕީއޭއިން ކައުންސިލްތަކަށް އަންގާފައި އެވެ.

ކުޅުދުއްފުއްޓާއި ނޮޅިވަރަމަށް ދަތުރުކުރި މިބޯޓްގެ ކެޕްޓަނާއެކު ދެ ފަޅުވެރިންގެ އިތުރުން ފަޅުވެރިއެއްގެ ޑައިރެކްޓް ކޮންޓެކްޓެއްވަނީ ޕޮޒިޓިވްވެފަ އެވެ.

މި ކްލަސްޓާއާ ގުޅިގެން މިހާތަނަށް 51 މީހެއް އެކަހެރިކޮށް، ކެޕްޓަނާއެކު 30 މީހެއްގެ ސާމްޕަލް ވަނީ ޓެސްޓްކޮށްފަ އެވެ. ޓެސްޓްކުރި މީހުންގެ ތެރޭގައި ހިމެނެނީ ބޯޓްގެ 12 ފަޅުވެރިންނާ އެ މީހުންގެ ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވުނު ފަރާތްތަކުގެ ތެރެއިން ހައިރިސްކް 18 ފަރާތެކެވެ.

ފާޅުބޯޓްގެ ކޭސްތަކާއި ގުޅިގެން މިހާތަނަށް 51 މީހަކު އެކަހެރިކޮށް، 7 ގެޔެއް ކަރަންޓީނުކޮށްފައިވާކަމަށެވެ. އަދި މީގެ އިތުރުން ފާޅުބޯޓްވެސް ވަނީ ކަރަންޓީނުކޮށްފަ އެވެ. މި ބޯޓް ނޮޅިވަރަމަށްވެސް ގޮސްފައިވާތީ އެރަށްވެސް މޮނިޓަރިން ހާލަތަށް ގެނެސްފަ އެވެ. އެގޮތުން އެރަށުގައި ކުރިއަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 5 މީހަކު ވަނީ އެކަހެރިކޮށްފަ އެވެ.

އެކަހެރިކުރި މީހުންގެ ތެރެއިން ހައިރިސްކް މީހުން ފިޔަވާ ދެން ތިބި މީހުން ޓެސްޓްކުރާނީ ބަލީގެ އަލާމަތްތައް ފެނުމުންނެވެ. ކުޅުދުއްފުށި މޮނިޓަރިންއަށް ލުމާ ގުޅިގެން ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355