twitterviber whatsapp telegramfacebookyoutube instagram
20th April 2021

އިންޑިއާ އަސްކަރިއްޔާ އިން ރާއްޖެއަށް ޑޯނިއާ މަތިންދާބޯޓެއް ހަދިޔާކޮށްފި

Sep 29, 2020
1

އިންޑިއާ އަސްކަރިއްޔާ އިން ރާއްޖެގެ އަސްކަރިއްޔާއަށް ޑޯނިއާ މަތިންދާބޯޓެއް މިއަދު ހަދިޔާކޮށްފި އެވެ.

މި ޑޯނިއާ އޮޕަރޭޓު ކުރާނީ އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުންނެވެ. މިއީ ރާއްޖޭގެ ކަނޑުގެ އިގުތިސޯދީ ސަރަހައްދު ހިމާޔަތްކޮށް ބެލެހެއްޓުމަށް ދިވެހި ސިފައިންނަށް ލިބުނު ވަރުގަދަ ކުރިއެރުމެއްގެ ގޮތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ އެ ގައުމުން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ ފްލައިޓަކީ ދެ ގައުމުގެ ދެމެދުގައި ކުރި މަޝްވަރާތަކުގެ ތެރެއިން ހަދިޔާކުރި މަތިންދާބޯޓެއް ކަމަށެވެ.

އެމްއެންޑީއެފްގެ ކޮންޓްރޯލްގެ ދަށުގައި އެއާކްރާފްޓް ހުރިހާ ހަރަދެއް ކުރާނީ އިންޑިއާގެ އަސްކަރިއްޔާއިނެވެ. އަދި މި އެއާކްރާފްޓް ބޭނުން ކުރާނީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ބަލައްޓާއި ރެސްކިއު އޮޕަޜޭޝަންތަކަށެވެ.

އިންޑިއާގެ އެހީގައި ދިިވެހި އަސްކަރިއްޔާ އަށް ޑޯނިޔާ އެއް ހޯދުމަށް އެންމެ ފުރަތަމަ މަޝްވަރާ ކުރެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު 2016 ވަނަ އަހަރު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ޑޯނިއާ ދުއްވުމަށް 2017 ވަނަ އަހަރުން ފެށިގެން ދިވެހި ޕައިލެޓުންން ދަނީ ތަމްރީނު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355