twitterviber whatsapp telegramfacebookyoutube instagram
9th May 2024

ކުޅުދުއްފުށީ ޕޯޓަށް ބޮޑެތި ބޯޓުފަހަރަށް ވަދެވޭވަރަށް ތަރައްގީކުރަނީ

ނަބީލާ އިސްމާޢީލް
Sep 30, 2020
3

ބޮޑެތި ބޯޓުފަހަރަށް ވަދެވޭ ގޮތަށް ކުޅުދުއްފުށި ޕޯޓް ތަރައްގީ ކުރުމުގެ ޕްލޭން އެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ކުޅުދުއްފުށީ ޕޯޓް އިތުރަށް ތަރައްގީ ކުރުމުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މިހާރު އެ ޕޯޓަކީ ލިމިޓެޑް ކެޕޭސިޓީގެ ޕޯޓެކަމަށެވެ.

މިހާރު އެ ޕޯޓަށް އެންމެ ބޮޑުވެގެން ކައިރި ކުރެވޭނީ 1000 ޓަނުގެ ބޯޓުފަރަށް ކަމަށާއި އެޔަށްވުރެށް ބޮޑެތި ބޯޓު ކައިރި ނުކުރެވުމަކީ ދަތިތަކެއް ދިމާވާ ކަމެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ އެއަށްވުރެން ބޮޑު ބޯޓެއް އައިސްފިނަމަ ޖެހެނީ އެންކަރުގައި ޕޯޓުން ބޭރުގައި ބާއްވައިގެން އެހެން އުޅަނދު ބޭނުން ކޮށްގެން މުދާބާލަން ކަމަށާއި އެއީ ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

އޭގެ ސަބަބުން އޮޕަރޭޝަން ކޮސްޓުވެސް ބޮޑުވެ މުދާ ބެލުމުގައި ލަސްތަކެއްވެސް ދިމާވެއެވެ. ކޮޗިނުން ރާއްޖެ އައި ކާގޯފެރީ އަށް އިޝާރާތް ކުރައްވާ ޝާހިދު ވިދާޅުވީ، އެ ފެރީއަކީ 3000 ޓަަނުގެ ފެރީއަކަށްވުމުން މުދާ ބަލަން ޖެހުނީ ޕޯޓްގެ ބޭރުގައި ބާއްވައިގެން ކަމަށެވެ.

ކޮޗިން ފެރިއާއެކު އެމްޕީއެލްގެ އަމާޒަކީ ކުޅުދުއްފުށީ ޕޯޓުގައި ދެމެހެއްޓެނިވި ސިސްޓަމެއް ގާއިމް ކުރުމެވެ. ޝާހިދު ވިދާޅުވީ، ކުޅުދުއްފުށީ ޕޯޓަށް ބޭނުންވާ ޓަގް ބޯޓުގެ އިތުރުން އިތުރު ބާޖް ގެންދިޔުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި ޕޯޓަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދަން، އިތުރަށް ޕޯޓް ތަރައްގީ ކުރަން ޕްލޭން އެއް އެކުލަވާލައި އެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޮޗިން ކާގޯ ފެރީ އަކީ އުތުރަށް ފައިދާކުރާނެ ކަމެއް ކަމަށެވެ. އަދި ހެޔޮއަގުގައި މުދާތައްވެސް ލިބިގެންދާނެކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ ޕޯޓް ނިމުމުން މި ފަދަ ބޯޓު ފަހަރު ބަނދަރުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި ކުޅުދުއްފުށީ ބަނދަރުގެ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އިތުރު ވަސީލަތްތައް ބޭނުން ކޮށްގެން ހިދުމަތް އަވަސްވެގެންވެސް ދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355