twitterviber whatsapp telegramfacebookyoutube instagram
18th August 2026

އައިހެވަން މަޝްރޫއަށް އިންވެސްޓަރުން ހޯދަނީ

ޚަދީޖާ އާދަމް
Sep 30, 2020
1

ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅަށް އިންވެސްޓަރަކު ހޯދަން އިޝްތިހާރު ކުރަން ފަށައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ވެސް އުތުރަށް ތަރައްގީގެ ވަރުގަދަ މަޝްރޫއެއް އިފްތިތާހު ކުރި އެވެ. "އައި ހެވަން" ގެ ނަމުގައި އިއުލާނުކުރި އެ މަޝްރޫއަކީ އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރަކާއެކު، ބަނދަރުގެ ވިޔަފާރިއަށް ބޭނުންވާ އިތުރު ދާއިރާތަކާއި، އެ ތަނުގައި މުދާ އުފެއްދުމާއި ބަންދު ކުރުމާއި ގުދަން ކުރުމުގެ އިތުރުން ބައިނަލްއަގްވާމީ ފެސިލިޓީއަކާއި އެއާޕޯޓަކާއި ރިއަލްއެސްޓޭޓްގެ ބައިތައް ހިމެނޭ ގޮތަށް އިއުލާން ކުރި މަޝްރޫއެކެވެ.

ނަމަވެސް އެ ޕްރޮޖެކްޓު ކުރިއަށްގެންދާނެ އިންވެސްޓަރަކު ލިބިފައެއް ނުވެއެވެ.

އެގޮތުން ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ރާއްޖޭގައި އޮތް އިންވެސްޓްމެންޓުގެ ފުރުސަތެއްގެ ގޮތުގައި އިހަވަންދިއްޕޮޅުގައި އިންވެސްޓުކުރާނެ ބަޔަކު ހޯދަން ވީޑިއޯ އެއް އާންމުކޮށްފަ އެވެ.

މި ސަރުކާރުން ވެސް އައިހެވަން މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށާ އުތުރުގައި އަޅާ ޓްރާންޝިޕްމަންޓް ބަނދަރު މަޝްރޫއު ކޮންސަލްޓްކޮށް ދިރާސާ ކުރުމުގެ މަސައްކަތް ފަށާފައިވާއިރު އުތުރުގައި ޓްރާންޝިޕްމަންޓް ބަނދަރު އެޅުމަށް އެންމެ ރަނގަޅު ސަރަހައްދެއްގެ ގޮތުގައި ބެލެވެނީ ވެސް އިހަވަންދިއްޕޮޅު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355