twitterviber whatsapp telegramfacebookyoutube instagram
15th May 2025

ހަކުރުބަލީގެ މީހުންނަށް ހާއްސަ ސެންޓަރެއް ހުޅުވައިފި

ޚަދީޖާ އާދަމް
Oct 1, 2020
1

ހަކުރު ބަލީގެ މީހުންނަށް ފަރުވާދޭ ސެންޓަރެއް ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވައިފި އެވެ.

އައިޖީއެމްއެޗުން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގެ މިއަދު ހުޅުވި ނޭޝަނަލް ޑައިބެޓީސް ސެންޓަރު (ވަން ސްޓޮޕް ޑައިބެޓީސް ސެންޓަރު) އަކީ ހަކުރުބަލީގެ ހުރިހާ ފަރުވާއަކާއި އެމީހުންނަށް ލިބެންޖެހޭ އިންތިޒާމު ހަމަޖެހިގެންދާނެ ސެންޓަރެއް ކަމަށެވެ.

ސެންޓަރު ގާއިމްކޮށްފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 3 ވަނަ ފަންގިފިލާގަ އެވެ.

ހަކުރު ބައްޔަށް ފަރުވާ ހޯދާމީހުންގެ އަދަދު އިތުުރުވެ، އެ ބަލީގެ މީހުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދެއެވެ.

ކުރިއަށް އޮތްތަނުގައި އެޕޮއެންޓްމެންޓް ދުވަސް ކައިރިވުމުން ހަނދާންކޮށްދިނުމަށް ބަލިމީހާއަށް މެސެޖު ފޮނުވުމާއި ޓެލެމެޑިސިން މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ހަކުރު ބައްޔަށް ފަރުވާ ދިނުމުގެ ހިދުމަތް ފޯރުކޮށްދިނުމާއި އަތޮޅުތެރޭގައި ބައްޔާބެހޭ މައުލޫމާތުދީ ސްކްރީން ކުރުމާ ހަކުރު ބައްޔާ ބެހޭގޮތުން ތަމްރީނު ޕްރޮގްރާމުތައް ކުރިއަށް ގެންދާނެ އެވެ.

އައިޖީއެމްއެޗުން ބުނީ ހަކުރު ބައްޔަށް ފަރުވާ ހޯދާމީހުންގެ އަދަދު އިތުުރުވެ، އެ ބަލީގެ މީހުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355