twitterviber whatsapp telegramfacebookyoutube instagram
24th February 2026

ކުޅުދުއްފުށީގައި ހޯމް ކަރަންޓީނުގައި ހުރި ދެ އަންހެނަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އަބްދުލް ވާހިދު ޙަސަން
Oct 2, 2020

ކުޅުދުއްފުށި ސިޓީގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ޕޮޒިޓިވްވެފައިވަނީ 34 އަހަރުގެ މީހަކާއި 64 އަހަރުގެ މީހެކެވެ.

އެ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ ކަރަންޓީނު މުއްދަތު ހަމަކުރުމަށްފަހު ހެދި ޓެސްޓުންނެވެ. މިހުސްވި ސެޕްޓެމްބަރުމަހު 17 ވަނަ ދުވަހު މާލެން އައިސް ހޯމް ކަރަންޓީނުގައި ތިބި މި މީހުންނާއެކު އެއްގެޔެއްގައި އިތުރު ދެ ކުދިންވެސް ތިއްބެވެ. އެކަމަކު އެ ކުދިން ސާމްޕަލް ނެގެޓިވްވެފައިވާކަމަށް ހެލްތް އޮފިޝަލު ވިދާޅުވި އެވެ.

މިއަދު ޕޮޒިޓިވްވި ދެ މީހުންނާއެކު ކުޅުދުއްފުށީގައި ކޮވިޑް ޖެހިފައިވާ ތިބި މީހުން އަދަދު މިވަނީ 7 އަރާފަ އެވެ. އެއީ ފާޅުބޯޓް ކްލަސްޓާގައި ހިމެނޭ 4 މީހަކާއި ހޯމް ކަރަންޓީނުގައި ތިބި ތިން މީހެކެވެ.

ހެލްތް އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ، ކުޅުދުއްފުށިން ޕޮޒިޓިވްވި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށާ އަދި މިވަގުތުން ހުރިހާ އެންމެންވެސް ތިބީ ކުޅުދުއްފުށީގައި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355