twitterviber whatsapp telegramfacebookyoutube instagram
14th May 2026

އުލިގަމުގައި ޔޮޓު ބަނދަރަކާއި ޓުއަރިސްޓް ހޮޓަލެއް އަޅަނީ

ޚަދީޖާ އާދަމް
Oct 6, 2020

ހއ. އުލިގަމުގައި ޔޮޓު ބަނދަރާއެކު ޓުއަރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުށައަޅައިފި އެވެ.

ޓުއަރިޒަމް މިނިސްޓްރީއިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އުލިގަމުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ 36 ހެކްޓަރުގެ ބިމުގައި ޓުއަރިސް ހޮޓަލަކާއެކު ޔޮޓު ބަނދަރެއް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ބީލަން ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 22 ގެ ކުރީން އެކަމަށް މައުލޫމާތު ސާފުކުރުމަށާއި އިއުލާނާ ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން، މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.

އުލިގަމުގައި ބަނދަރުކުރާ އުޅަނދު ފަހަރު 2010 ވަނަ އަހަރުން ފެށިގެން މަދުވެފައިވާ ކަމަށާއި އެކަން އެގޮަށް ދިމާވީ، އެ ރަށަށް ބަދަނރުކުރާ އުޅަނދުތަކުން ނަގަމުން ގެންދިޔަ ފީތައް ކުއްލިއަކަށް ބޮޑުކުރުން ކަމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ވަނީ ކުރީން ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355