ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ހިދުމަތް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އަލުން ފެށިނަމަވެސް މި ދަނޑިވަޅުގައި ރައްކާތެރިކަމުގެ ގޮތުން ފުލުހުންގެ އެކި ބޭނުންތަކުގައި ޕޮލިސް ސްޓޭޝަންތަކަށް ދިއުމުގެ ބަދަލުގައި ހިދުމަތްތައް ހޯދުމަށް ޕޮލިސް ވެބްސައިޓުގެ އީސާވިސް ޕޯޓަލް މެދުވެރިކޮށް ހިދުމަތް އެ ސްޓޭޝަނުން އެދެއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސަސްއިން ބުނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، އެ ސްޓޭޝަނުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށްފަހު، ހިދުމަތްތައް އަލުން ފަށާފައި ވާކަމަށެވެ.
ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އެސްޓޭޝަނުން މިހާރު ވަނީ އަޅާފައި ވާނެ ކަމަށް އެ ސްޓާޝަނުން ބުނެއެވެ. އެގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުލުސް މީހާ ކޮންޓެކްޓްވި މުވައްޒަފުން ދެނެގަނެ އެމުވައްޒަފުން އައިސޮލޭޝަންއަށް ބަދަލުކޮފައިވާކަމަށާއި ޕޮޒިޓިވްވި މުވައްޒަފާއި ސީދާ ކޮންޓެކްޓްވި ފަރާތްތަކުގެ އިތުރުންވެސް ވީހާވެސް ގިނަ މުވައްޒަފުންގެ ސާމްޕަލްތައް ނަގައި ޓެސްޓްކުރުމުގެ މަސައްކަތްތައް ޕޮލިސް މެޑިކަލް ސަރވިސަސްއާއި ގުޅިގެން މިހާރު ކުރިއަށް ގެންދާކަމަށެވެ.
މީގެއިތުރުން ޕޮލިސް ސްޓޭޝަން ޑިސްއިންފެކްޓްކޮށް، އެސްޓޭޝަންގައި ބޭނުންކުރާ ޕޮލިސް ގިއަރތައްވެސް ޑިސްއިންފެކްޓްކުރުމަށްފަހު، މިހާރު އަލުން ބޭނުންކުރަން ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ އިތުރުން އެ ކޭހާއި ގުޅިގެން މޮނިޓަރިން ހާލަތަށް ގެނައި އެހެން ރަށްރަށުގެ ޕޮލިސް ސްޓޭޝަންތައް ވެސް ޑިސްއިންފެކްޓް ކޮށްފައިވާ ކަމަށެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ މަސައްކަތްތައް ކުރިއަށްhttps://t.co/YlZ0OUY1dj pic.twitter.com/Tjn0mpL7pH
— Maldives Police (@PoliceMv) October 6, 2020
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޕޮލިސް ސްޓޭޝަންތަކަށް ސީދާ ދިއުމުގެ ބަދަލުގައި ހިދުމަތް ހޯދުމަށް ފުލުހުން ވެބްސައިޓްގެ އީސަރވިސަސް ޕޯޓަލް މެދުވެރިކޮށް ހިދުމަތް ހޯދުމަށް ފުލުހުން އިލްތިމާސްކުރެއެވެ.