twitterviber whatsapp telegramfacebookyoutube instagram
15th May 2025

އަބުރާ ބެހުމުގެ ކުށް މަދަނީ ކުށެއްގެ ގޮތުގައި ބޭއްވުމަށް ނޫސްވެރިންގެ ޖަމިއްޔާއިން ގޮވާލައިފި

Oct 7, 2020

އަބުރާ ބެހުމުގެ ކުށަކީ މިހާރުވެސް އޮންނަ ގޮތަށް މަދަނީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ބޭއްވުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ގޮވާލައިފި އެވެ.

އެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރަށް ދައުލަތުގެ އެޓާނީ ޖެނެރަލް އޮފީހުން ހުށަހަޅަން ނިންމާފައިވާ "އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގައި ނަގައިދިނުމުގެ ބިލް" އާ ގުޅޭގޮތުން ނޫސްވެރިންނާއި މީޑިއާތަކުގެ ވަރަށް ގިނަ ކަންބޮޑުވުންތަކެއް މި ޖަމިއްޔާއަށް ވަނީ ލިބިފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރުގެ އިދާރާތަކާއި އެ ޖަމިއްޔާއާ ދެމެދު ކުރެވުނު މަޝްވަރާތަކުގެ މި ބިލާ ގުޅިގެން ނޫސްވެރިކަމަށް ހުރަސް އެޅޭފަދަ އެއްވެސް ކަމެއް ނުހިމެނޭނެކަމުގެ ޔަގީންކަން އެެ އިދާރާ ދީފައިވާކަމަށާއި ބިލް ޑްރާފްޓިންގެ މަރުހަލާގައި ނޫސްވެރިންގެ ހިޔާލު ހޯދާނެކަމުގެ ޔަގީންކަންވެސް އެ ޖަމިއްޔާއަށް ދީފައިވާކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ޖަމިއްޔާގެ ފަރާތުން ވަނީ މި ބިލާ ގުޅިގެން ނޫސްވެރިކަމުގެ މިނިވަންކަން ހަނިވާނެ ފަދަ އެއްވެސް ކަމެއް ބިލުގައި ނުހިމެނުމަަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލާފައެެވެ.

އަދި އަބުރާ ބެހުމުން ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭ އަދަދެއް ގާނޫނުގައި ހިމެނިގެންދާއިރު، އެ އަދަދު ކަނޑައެޅުމުގައި އާންމު މުޖުތަމައުގެ މާލީ ފުދުންތެރިކަން ހުރި ނިސްބަތަަށް ރިއާޔަތް ކުރުމަށާއި ވަކިވަކި ނޫސްވެރިން ވީހާވެސް ބޮޑަށް ހިމާޔަތް ވާނެ ގޮތަކަށް ބިލު އެކުލަވާލުމަށް ވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355