twitterviber whatsapp telegramfacebookyoutube instagram
4th September 2025

ހދ އަތޮޅު ކައުންސިލުން ދޭ ޓްރާންސްޕޯޓުގެ ބައެއް ހިދުމަތްތައް މެދުކަނޑާލައިފި

ޚަދީޖާ އާދަމް
Oct 7, 2020
2

ކުޅުދުއްފުށިން ކޮވިޑް-19 ފެނުމާއި ގުޅިގެން ހދ އަތޮޅު ކައުންސިލުން ދެމުން އައި ޓްރާންސްޕޯޓުގެ ބައެއް ހިދުމަތްތައް މެދު ކަނޑާލައިފި އެވެ.

އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޅުުދުއްފުށިން ކޮވިޑް ފެނުމާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އިދާރާއިން ދެމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީގެ ހިދުމަތްތައް 8 އޮކްޓޯބަރުން ފެށިގެން 15 އޮކްޓޯބަރުގެ ނިޔަލަށް މެދުކަނޑާލާފައިވާ ކަމަށެވެ.

އެގޮތުން އެއްގަމު ލައިސެންސް ނެގުމަށް ހަދަންޖޭ ތިއަރީ އިމްތިހާނާއި، އެއްގަމު ލައިސެންސް ނެގުމަށް ހަދަންޖެހޭ ދުއްވުމުގެ އިމްތިހާނުގެ އިތުރުން އެއްގަމު ލައިސެންސަށް ގިންތި އިތުރު ކުރުމުން ހިމެނެއެވެ.

މި ހިދުމަތްތައް އެ އިދާރާއިން މެދުކަނޑާލާފައި މިވަނީ ދާދި ފަހުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. މި ކޭސްއާއި ގުޅިގެން ކުޅުދުއްފުށި މިމަހު 5 ވަނަ ދުވަހު މޮނީޓަރިންނަށް ލުމަށް ފަހު އެހާލަތު އުވާލާފައިވަނީ އިއްޔެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355