twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދިއްދޫން ތިން ފުލަހަކު ޕޮޒިޓިވް، ފުނަދޫ ސާމްޕަލްތައް ނެގެޓިވް

- މިކްލަސްޓާގައި ޕޮޒިޓިވްވި އަދަދު މިވަނީ 6 އަކަށް އަރާފަ
- މުޅިންވެސް ޕޮޒިޓިވްވެފައިވަނީ ފުލުހުން
- މި ކްލަސްޓާ ގުޅިގެން 10 ރަށަކުން 150 އަށްވުރެ ގިނަ މީހުން އެކަހެރިކުރި

އަބްދުލް ވާހިދު ޙަސަން
Oct 7, 2020

މާލޭން އައި ފުލުހުންނާ ކޮންޓެކްޓްވެ، ހއ ދިއްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ތިން ފުލުހަކުވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މި ކްލަސްޓާގައި އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ، ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އެއަތޮޅު ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ. އެއާއެކު ކުޅުދުއްފުށީގައި މަސައްކަތްކުރާ އިތުރު ދެ ފުލުހަކުވެސް ވަނީ ޕޮޒިޓިވްވެފައި އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވި އޮފިޝަލު ވިދާޅުވީ، ދިއްދޫން މިއަދު ނެގި 29 ސާމްޕަލްގެ ތެރެއިން ތިން ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ޕޮޒިޓިވްވެފައިވަނީ ތިން ފުލުހެކެވެ.

ފުރަތަމަ ދިއްދޫން ނަގަން ހަމަޖެއްސީ 26 ސާމްޕަލެވެ. އެއީ 25 ފުލުސް އޮފިސަރަކާއި އާންމު މީހެއްގެ ސާމްޕަލެވެ. ނަމަވެސް މިއަދު ވަނީ އެ އަދަދު އިތުރުކޮށް 29 ސާމްޕަލް ނަގާފަ އެވެ.

މި ކްލަސްޓާއާ ގުޅިގެން ށ ފުނަދޫން ނެގި ހުރިހާ ސާމްޕަލެއް ވަނީ ނެގެޓިވްވެފަ އެވެ. އެއީ 16 ފުލުސް އޮފިސަރަކާއި އާންމުންގެ 11 މީހެކެވެ.

މި ކްލަސްޓާއާ ގުޅިގެން ކުޅުދުއްފުށީގެ އިތުރުން 9 ރަށަކުން ވަނީ ޑައިރެކްޓް ކޮންޓެކުޓުގެ ގޮތުގައި މީހުން ފާހަގަ ވެފައެވެ. އެއީ ހދ ކުރިނބީ، ށ އަތޮޅުން ފުނަދޫ، މިލަންދޫ، ފޯކައިދޫ އަދި ކަނޑިތީމެވެ. އަދި ހއ އަތޮޅުން ދިއްދޫ، ހޯރަފުށި އަދި ބާރަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355