twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި މައްސަލާގައި ސްޕްރީމް ކޯޓުން މިއަދު ގޮތެއް ނިންމަނީ

ނަބީލާ އިސްމާޢީލް
Oct 8, 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓުތައް ފްރީޒް ކޮށްފައިވާތީ، ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލްކޮށްފިއެވެ.

ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފްރީޒްކޮށްފައި ވަނިކޮށް ހައި ކޯޓުން މިދިޔަ އަހަރުގެ މާޗް މަހު ވަނީ އެ އަމުރު ބާތިލްކޮށް، އެކައުންޓްތައް ދޫކޮށްލާފައެވެ.

އެކައުންޓްތައް ފްރީޒް ކުރުމުގެ އަމުރާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި ވަނީ މިއަދު 13:00 އަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓުތައް ފްރީޒްކުރުމަށް ދައުލަތުން އެދިފައިވާ މައްސަލައިގެ ފަހު އަޑު އެހުމުގައި އެމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުންވަނީ ގިނަ ސުވާލުތަކެއް ދައުލަތަށާއި، ފުލުހުންނަށާއި، އަދި ދައުވާ ރައްދުވާ ފަރާތުގައިވެސް ކޮށްފައެވެ.

މި މައްސަލަބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ އިސް ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ރައީސް ޔާމީންގެ އެކައުންޓްތަކުގައި ހުރި ފައިސާތަކުގެ މައްސަލަ ތަހުޤީޤު ކުރަމުންދޭތޯ ސުވާލު ކުރައްވާފައެވެ. މިކަމުގައި ފުލުހުން ވިދާޅުވީ ރައީސް ޔާމީންގެ އަށް އެކައުޓެއްގައި ހުރި ފައިސާތަކާއި ގުޅޭ ދެ މައްސަލައެއް މިހާރުވެސް ތަހުގީގް ކުރަމުންދާކަމަށެވެ. ނަމަވެސް އެއީ ކޮން ދެ މައްސަލައަކާއި ގުޅުންހުރި ފައިސާތަކެއް ކަމެއް ފުލުހުން ވިދާޅުވެފައި ނުވެއެވެ.

ފުލުހުންގެ މިވާހަތަކާއި ގުޅިގެން ރައީސް ޔާމީން ވިދާޅުވީ ފުލުހުން އެހެން ވިދާޅުވި ނަމަވެސް އެއްވެސް ބޭންކެއްގައި ހުރި އެމަނިކުފާނުގެ ފައިސާތަކާއި ގުޅޭ ތަހުގީގެއް ނުކުރައްވާކަމަށެވެ.

އެދުވަހުގެ އަޑު އެހުމުގައި ފުލުހުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓުތަކުގައި ހުރި ފައިސާތަކާއި ގުޅޭ ދެ މައްސަލައެއް މިހާރުވެސް ތަހުޤީޤު ކުރަމުންދާކަމަށް ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355