twitterviber whatsapp telegramfacebookyoutube instagram
18th May 2024

ނަފްސާނީ ބަލިން އިހުސާސްވާ އެކަނިވެރިކަމުން އަރައިގަތުމަށް މުޅި މުޖުތަމައުގެ އެހީ ބޭނުންވޭ: ރައީސް

ނަބީލާ އިސްމާޢީލް
Oct 11, 2020

ނަފްސާނީ ބަލިތަކުގެ އަސަރުކޮށްފައިވާ މީހުންނަށް، އެކަމުން އިހުސާސްވާ ބާކީވުމާއި އެކަނިވެރިކަމުން އަރައިގަނެވޭނީ މުޅި މުޖުތަމައުގެ އަޅައިލުމާއި އެހީތެރިކަން ލިބިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ އިއްޔެ ފާހަގަ ކުރި ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހު ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން އިސްނަގައިގެން ރޭ "ދަ ބިގް އިވެންޓް ފޮރ މެންޓަލް ހެލްތް" ގެ ނަމުގައި ބޭއްވި ހާއްސަ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ މަނިކުފާނު ވިދާޅުވީ، ދިވެހި މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން އިސްކަންދޭ އެއް ސަބަބަކީ، ނަފްސާނީ ބަލިތަކަކީ ވެސް އެހެނިހެން ޖިސްމާނީ ބަލިތަކެކޭ އެއް ފަދަ ބަލިތަކަކަށް ވެފައި، ޖިސްމާނީ ދުޅަހެޔޮކަމަކީ ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށް ބިނާވެފައިވާ ކަމަކަށް ވާތީ ކަމުގައެވެ.

އަދި ނަފްސާނީ ބަލިތައް ތަހައްމުލު ކުރަމުންދާ މީހުންނަށް އެކަމުން އަރައިގަތުމާއި އެފަދަ ބަލިތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ އެކަނިވެރިކަމާއި ބާކީވުމުގެ އިހުސާސުން ދުރުވުމަށް މުޖުތަމައުގެ ހުރިހާ ފަރުދުންގެ އެހީތެރިކަން ބޭނުންވާނެކަމުގައެވެ.

ރައީސް ވިދާޅުވީ ނަފްސާނީ ބަލިތަކަކީ ވެސް ކަންބޮޑުވާންޖެހޭ ފަދަ "ސީރިއަސް" ބަލިތަކެއްކަމުގައެވެ. އެ ފަދަ ބަލިތަކުގެ އަސަރުކޮށްފައިވާ މީހުންނަށް މުޖުތަމައުގެ ހުރިހައި ފަރުދުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާނެކަން ހަނދުމަކޮށްދެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355