twitterviber whatsapp telegramfacebookyoutube instagram
10th April 2025

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ކައްކާގެ އެހީތެރިއެއް ޕޮޒިޓިވްވެއްޖެ

އަބްދުލް ވާހިދު ޙަސަން
Oct 14, 2020
1

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ކައްކާއެއްގެ ގޮތުގައި ހަރަކާތްތެރިވާ މީހެއްގެ އެހީތެރިއެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ޕޮޒިޓިވްވެފައިވަނީ އެތަނުގެ ކެޓަރިންގެ ހިދުމަތް ދޭ ކާނިވަލް ކޮމްޕެނީގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ރައްޔިތެކެވެ.

ކޭއޯއާ ވާހަކަދެއްކި އޮފިޝަލަކު ވިދާޅުވީ، އެ މީހާ ޓެސްޓްކޮށްފައިވަނީ އަލާމަތްތައް ފެނިގެން ހެދި ޓެސްޓުން ކަމަށެވެ. އަދި އެއީ ޕޮލިސް ކްލަސްޓާއާ ގުޅިގެން އެކަހެރިކުރި މީހެއް ނޫންކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވީ، ލަފާކުރެވޭގޮތުގައި އެ މީހާއަށް ކޮވިޑް ޖެހިފައިވަނީ ޕޮލިސް ކްލަސްޓާއިން ކަމަށެވެ.

އެ މިހާ ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ފަށާފައިވާއިރު އެ ބިދޭސީ މީހާ ދިރިއުޅޭ ގެ މޮނިޓަރިންލައި މިހާތަނަށް 16 ސާމްޕަލެއް ނަގާފައިވެ އެވެ.

މިއީ މިހާތަނަށް ބިދޭސީއަކު ކުޅުދުއްފުށީގައި ކޮވިޑް ޖެހުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން މާލޭން އައި ފުލުހުންތަކާ ކޮންޓެކްޓްވެ ތިލަދުންމަތިން 9 މީހަކު ޕޮޒިޓިވްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355