twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީގައި ޕޮޒިޓިވްވީ އެއް އާއިލާއެއް، ހައިރިސްކް މީހެއް ހިމެނޭ

- މިއީ ފުލުހެއްގެ އާއިލާއެއް
- ސްކޫލްގައި ތައުލީމް ހާސިލްކުރާ ދެ ދަރިވަރަކު ހިމެނޭ
- 75 އަހަރުގެ ހައިރިސްކް މީހެއްވެސް ހިމެނޭ

އަބްދުލް ވާހިދު ޙަސަން
Oct 18, 2020
7

ކުޅުދުއްފުށީ ސިޓީން ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވެފައިވަނީ އެއް އާއިލާގެ ހަތަރު މެމްބަރުން ކަމަށާ އޭގެ ތެރޭގައި 75 އަހަރުގެ ހައިރިސްކް މީހެއް ހިމެނޭކަން މައުލޫމާތު ލިބިއްޖެ އެވެ.

ކުޅުދުއްފުށިން އިއްޔެ ޕޮޒިޓިވްވެފައިވަނީ ފުލުހެއްގެ އާއިލާއެކެވެ. ފުލުސް މީހާ ޕޮޒިޓިވްވިކަން އެނގުނީ ނެގި ރޭންޑަމް ސާމްޕަލަކުންނެވެ. އެހެންވެ އާއިލާގެ އެންމެންގެ ސާމްޕަލް ނަގައި ހެދި ޓެސްޓް އެނގުނީ ފުލުސް މީހާ އަންހެނުންނާއި އެ ދެ މަފިރިންގެ ދެ ދަރިން އަދި އަންހެން މީހާގެ މަންމަ ޕޮޒިޓިވްވެފަވާ ކަމަށެވެ.

ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާނު ކޭއޯއަށް ވިދާޅުވީ، އެ ކޭސްއާ ގުޅިގެން އިތުރަށް ބަލަން ޖެހޭކަންކަން ބަލަމުން އަންނަ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށްދާތީ މި ކްލަސްޓާ ފެތުރިފައިވާ މިންވަރު އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޭއޯއަށް އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވި 75 އަހަރުގެ މީހާއަކީ ބަލި މީހެއްކަމުން އޭނާއަކީ އެކި ބޭސް ބޭނުންކުރަމުންދާ މީހެކެވެ. މީގެ އިތުރުން ޕޮޒިޓިވްވި ދެ ކުޑަކުދިންނަކީ އަފީފުއްދީން ސްކޫލުގައި ގުރޭޑް ހަތަރެއްގައި ތައުލީމު ހާސިލުކުރަމުންދާ ދެ ދަރިވަރުންނެވެ.

އެހެންވުމުން އެ މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް ފާހަގަކުރެވުނު ގިނަ ބަޔަކު ވަނީ ކަރަންޓީނުކޮށް އަދި ސާމްޕަލް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މާލެއިން ތިލަދުންމައްޗަށް ދަތުރުކުރި ފުލުހުންތަކަކާ ކޮންޓެކްޓްވެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ. އޭގެ ފަހުން ހަމަ އެ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އިތުރު ދެ ފުލުހަކުވެސް ޕޮޒިޓިވްވި އެވެ. އަދި ށ. ފޯކައިދޫގައި މަސައްކަތްކުރާ ފުލުހަކުވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.

އޭގެ ފަހުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ކޭޓަރިންގެ ހިދުމަތް ދޭ ކާނިވަލް ކޮމްޕެނީގެ ތިން ބިދޭސީއަކުންވެސް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ފަހުން ނެގި ރޭންޑަމް ދެ ސާމްޕަލެއްވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.

ތިލަދުންމަތީގެ ޕޮލިސް ކްލަސްޓާއާ ގުޅިގެން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 17 އަށް މިވަނީ އަރާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355