twitterviber whatsapp telegramfacebookyoutube instagram
24th February 2026

އޮންލައިކޮށް ގަހާއި ޖަނަވާރު އިމްޕޯޓް، އެކްސްޕޯޓް ކުރަން އެދެވޭގޮތް ހަދައިފި

ނަބީލާ އިސްމާޢީލް
Oct 21, 2020

ގަސްގަހާއި ގެއްސާއި ޖަނަވާރު ރާއްޖެ އެތެރެކުރުމާއި ރާއްޖެއިން ބޭރުކުރުމަށް އޮންލައިންކޮށް އެޕްލިކޭޝަން ހުށައެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހުޅުވާލައިފި އެވެ.

މިނިސްޓްރީން ބުނީ އެގްރިކަލްޗަރ އޮންލައިން ސިސްޓަމް މެދުވެރިކޮށް އޮންލައިންކޮށް މިހާރު ގަސްގަހާއިގެއްސާއި ޖަނަވާރު އިންޕޯޓް އެކްސްޕޯޓަށް އެދި ހުށައެޅޭނެކަމަށެވެ.

We are pleased to announce that Applications for Plant and animal import / export permits can now be requested through...

Posted by Ministry of Fisheries, Marine Resources and Agriculture on Tuesday, October 20, 2020

އެގްރިކަލްޗަރ އޮންލައިން ސިސްޓަމް އިފްތިތާހް ކޮށްފައިވަނީ މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ގުޅުވައިގެންނެވެ. މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ އެހީގައި، މޯލްޑިވްސް ސިންގްލް ވިންޑޯ ޕްރޮޖެކްޓުގެ ބައެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާ އެޕްލިކޭޝަނެކެވެ.

މިސިސްޓަމް މެދުވެރިކޮށް ފޯރުކޮށްދޭނެ މައިގަނޑު ހިދުމަތްތަކުގެ ތެރޭގައި ގަސްގަހާގެއްސާއި ޖަނަވާރު އިމްޕޯޓް އަދި އެކްސްޕޯޓްކުރުމުގެ ހުއްދަ ދިނުމުގެ މަސައްކަތާއި، ކަރަންޓީން ޔުނިޓުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ހިމެނެއެވެ. އަދި ވެޓިނަރީ ހިދުމަތްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތުވެސް މި އެޕްލިކޭޝަންގެ ތެރެއިން ލިބޭނެކަމަށް މިނިސްޓްރީން ބުންޏެވެ..

މި އެޕްލިކޭޝަން ބޭނުންކުރެވޭނީ، މޯލްޑިވްސް ސިންގްލް ވިންޑޯ މަޝްރޫއުގެ އެހެން އެޕްލިކޭޝަންތައް ބޭނުން ކުރާ ފަދައިން، 'އީ-ފާސް' ލޮގިން މެދުވެރިކޮށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355