twitterviber whatsapp telegramfacebookyoutube instagram
9th August 2026

ބާރަށު ކައުންސިލް 191،250 ރުފިޔާއިން ޖޫރިމަނާކޮށްފި

ނަބީލާ އިސްމާޢީލް
Oct 21, 2020

ހއ. ބާރަށުގެ ހޭޅިފަށް ހިމެނޭ ސަރަހައްދުނާއި ރަށުގެ އެހެނިހެން ސަރަހައްދުތަކުން ގަވާއިދާ ހިލާފަށް ގިނައަދަދެއްގެ ރުއްގަސް ކަނޑާ ބޭރުކޮށްފައި ވާތީ އެ ރަށު ކައުންސިލްގެ އިދާރާ 191،250 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ނެރެފައިވާ ބަޔާނުގައި ބުނީ ބާރަށުގެ ގްރީން ބެލްޓް (ހޭޅިފަށް) ހިމެނޭ ސަރަހައްދުން އަދި ރަށުގެ އެހެނިހެން ސަރަހައްދުތަކުން، ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކަނޑާ، އުފުރާ، ރަށުން ރުއްގަސް ބޭރުކުރުމާއި ގުޅިގެން ބާރަށު ކައުންސިލުގެ އިދާރާ ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ.

އީޕީއޭއިން ބުނީ އެ ރަށުން ރުއްގަސް ކަނޑާ ބޭރުކޮށްފައި ވަނީ ގަވާއިދާ އެއްގޮތަށް ފުރިހަމަ ކުރަން ޖެހޭ އިދާރީ ކަންކަން ފުރިހަމަ ކުރުމެއް ނެތި ނަގަން ޖެހޭ ހުއްދަތައް ވެސް ނުނަގާ ކަމަށެވެ. އެހެންކަމުން އެ ރަށު ކައުންސިލް ވަނީ 191،250 ރުފިޔާއިން (އެއްލައްކަ ނުވަދިހަ އެއްހާސް ދުއިސައްތަ ފަންސާސް) ޖޫރިމަނާކޮށްފަ އެވެ.

މިޖޫރިމަނާ ފައިސާ އެއެޖެންސީއަށް 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް ބާރަށު ކައުންސިލުގެ އިދާރާ އަށް ވަނީ އަންގާފަ އެވެ.

ޖޫރިމަނާކޮށްފައި ވަނީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދަށް ރިއާޔަތްކޮށް ކަމަށް އީޕީއޭއިން ބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355