twitterviber whatsapp telegramfacebookyoutube instagram
7th February 2026

ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ ބޮޑުބައި ނިންމާލައިފި

ނަބީލާ އިސްމާޢީލް
Oct 22, 2020
4

ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގައި މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ސަރުކާރުން ހަދަމުންދާ ލޯކަލް ބަނދަރުގެ 98 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޓީސީސީއިން ބުނީ ކުޅުދުއްފުށީ ބަނދަރު ފުޅާކޮށް ބޮޑުކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 98 ޕަސެންޓް މިހާރުވަނީ ނިމިފައިކަމަށާއި މި މަޝްރޫއުގެ ތެރެއިން ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތުގެ 30 ޕަސެންޓް ވެސް ވަނީ ނިމިފައި ކަމަށެވެ.

އެކުންފުނިން ބުނީ މި މަޝްރޫއުގެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ މިމަހުގެ ނިޔަލަށް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 236،844 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 24،450 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 1000 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް ކުރުމާއި، އެއްގަމުތޮށި ހިމެނޭ ސަރަހައްދުގެ ބިންގަނޑު އެއްވަރު ކުރުމާއި، އެ ސަރަހައްދުގައި ގައު އެތުރުމާއި، ކާނުގެ މަތިގަނޑު އެޅުން ހިމެނޭ ކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 129،529 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު މޮބިލައިޒް ކުރެވިފައިވަނީ 26 ޑިސެމްބަރ 2018 ގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355