twitterviber whatsapp telegramfacebookyoutube instagram
12th July 2025

ހެލްތު މިނިސްޓަރަކަށް ކެރަފާ ނަސީމް އައްޔަންކޮށްފި

ނަބީލާ އިސްމާޢީލް
Oct 22, 2020
1

ހެލްތު މިނިސްޓަރުގެ މަގާމަށް އަހުމަދު ނަސީމް (ކެރަފާ ނަސީމް) ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަނު ކުރައްވައިފި އެވެ.

އެކަން ހާމަ ކުރައްވައި ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް ހޫދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހެލްތު މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ނަސީމަށް ރައީސް މިއަދު ފަތްކޮޅު އަރުއްވާފައިވާ ކަމަށެވެ.

ނަސީމް މިހާތަނަށް ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރު ކަމުގަ އެވެ. އޭނާ ވަނީ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގައި ފޮރިން މިނިސްޓަރު ކަން ވެސް ކުރައްވައިފަ އެވެ.

ހެލްތް މިނިސްޓަރުގެ މަގާމު ހުސްވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެމަގާމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ކޮވިޑް 19 އާ ގުޅިގެން، ރާއްޖެ ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ ތެރެއިން ދުބާއީ ކުންފުންޏަކާ ހަވާލު ކުރި 75 ވެންޓިލޭޓަރުގައި ކޮރަޕްޝަންގެ ތުހުމަތުތަކެއް ހިމެނި، އެ މައްސަލަ ބަލަމުން ދަނިކޮށެވެ. އަމީން އިސްތިއުފާ ދެއްވާފައި ވަނީ އެ މައްސަލާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ގިނަ މެމްބަރުންތަކެއް އޭނާގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅާފައި އޮއްވަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355