twitterviber whatsapp telegramfacebookyoutube instagram
7th February 2026

އިފުރު އެއާޕޯޓާއި ހޮޓާ 65 މިލިއަން ޑޮލަރަށް ވިއްކާލަނީ

ނަބީލާ އިސްމާޢީލް
Oct 24, 2020
2

ރ. އިފުރު އެއާޕޯޓާއެކު އެރަށުގައި ތަރައްޤީކޮށްފައިވާ އިފުރު އެއާޕޯޓް ހޮޓާ 65 މިލިއަން ޑޮލަރަށް ވިއްކާލަން އިއުލާނު ކޮށްފިއެވެ.

މިއަހަރުގެ މެއި މަހުވެސް އެއާޕޯޓާއި ހޮޓާ ވިއްކާލަން އިއުލާނު ކުރި އެވެ. ނަމަވެސް އެއިރު އަގު ހާމަކޮށްފައެއް ނުވެއެވެ.

ދަ ސީއީއޯ މެގަޒިންގައި ވާގޮތުން އިފުރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓާއި ހޮޓާ އަދި އެ އިންވެސްޓްމަންޓާ އެކު ރިސޯޓް ހަދަން ދީފައިވާ ބ. އަތޮޅުގައި އޮންނަ ފުނަދޫ ކިޔާ ރަށެއް 50 އަހަރުގެ މުއްދަތަށް ވިއްކާލާނެ ކަމަށެވެ.

އިފުރު ރިސޯޓްގެ ބޮޑުމިނަކީ 56.52 ހެކްޓަރެވެ. މި މެގަޒިންގައި ބުނެފައިވަނީ އިފުރު ރިސޯޓަކީ ގުދުރަތީގޮތުން ރީތިކަން ލިބިފައިވާ ރިސޯޓެއްކަމަށެވެ. ޖުމްލަ 150 ބީޗްވިލާ ހިމެނޭ މި ރިސޯޓުގެ ބެޑް ކެޕޭސިޓީއަކީ 300 އެވެ. މި ރިސޯޓު ތަރައްގީކޮށްފައިވަނީ ޖުމްލަ ހަ ރެސްޓޯރެންޓު އަދި ބާ ހިމެނޭ ގޮތަށެވެ.

ބ. ފުނަދޫ އަކީ 11.69 ހެކްޓަރުގެ ރަށެކެވެ. އެ ރަށް ވިއްކާލަނީ އެ ރަށުގައި ރިސޯޓު ތަރައްގީކުރަން ޑިވެލޮޕްކޮށްފައިވާ ކޮންސެޕްޓާއެކު އެވެ. މި ރަށުގައި 90 ވިލާ ތަރައްގީކުރެވޭނެ ކަމަށް ކޮންސެޕްޓުގައިވެ އެވެ.

އިފުރުގައި ކޯސްޓްލައިން އިން ތަރައްގީކޮށްފައިވާ އެއާޕޯޓް މިހާރު ހިންގަނީ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355